އެމްޓީޑީސީގެ އޮފީސް އިމާރާތް އަންނަ މަހު، ނާގޯށި އަންނަ އަހަރު ނިމޭނެ

އެމްޓީޑީސީ އިން ދަނީ ހދ. ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. އަދި ހުޅުމާލޭގައި 11 ބުރީގެ އޮފީސް އިމާރާތެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމްޓީޑީސީ އިން ހުޅުމާލޭގައި ތަރައްގީ ކުރާ އިމާރާތް -- ޕީއެސްއެމް

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީސީ) ގެ އޮފީސް އިމާރާތް އަންނަ މަހު އަދި އަމިއްލަ ރިސޯޓް ހދ. ނާގޯށި އަންނަ އަހަރު ނިމޭނެ ކަމަށް އެމްޑީ އަހުމަދު ނިޔާޒު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވި ގޮތުގައި ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. 

އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން މި ރަށް ހުޅުވަންވެފައިވާ ވައުދާ އެއްގޮތަށް ނިންމުމުގެ ގޮތުން މަސައްކަތް ފެށި ނަމަވެސް މަސައްކަތް ލަސްވެގެން ދިޔައީ، ރިސޯޓު ތަރައްޤީކުރުމަށް މީގެ 12 އަހަރު ކުރިން ހަދާފައި ހުރި ސްޓްރަކްޗާތައް ބާވެ ހަލާކުވުމުގެ ސަބަބުން ޕްލޭންތަކަށް ގެންނަން ޖެހުމުންނެވެ. މީގެ އިތުރުން މަސައްކަތް ލަސްވި އަނެއް ސަބަބަކީ މިދިޔަ އަހަރުގެ ފަހުކޮޅު ރަށުގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދަން ޖެހުގެ އިތުރުން ޓޫރިޒަމް ޤާނޫނަށް އައި ބަދަލުތަކާ ގުޅިގެންވެސް ޕްލޭނިން މަރުހަލާގައި ގިނަ ވަގުތުތަކެއް ހޭދަވުންކަން ނިޔާޒު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ނަމަވެސް ބީއެމްއެލްއިން ނެގި ފައިނޭންސިލް ފެސިލިޓީއަކާއެކު މަސައްކަތް ފަށައި މިހާރު ކުރިއަށް ދަނީ
މެޓީރިއަލްސް ގެންދިއުމުގެ މަސައްކަތާއި ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތުގެ އިތުރުން މަސައްކަތްކުރާ މީހުން ތިބުމަށް ބޭނުންވާ ވަގުތީ ވަސީލަތްތަކާއި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނިޔާޒުގެ އިންޓަވިއުގައި ފާހަގަ ކުރެއްވި ޕޮއިންޓްތައް

  •  ލޭންޑްސްކޭޕިން މަސައްކަތް ކުރިއަށް
  •  ރިސޯޓުގެ މޮކަޕް ރޫމްތައް ހަދަން ފެށުން
  •  ހދ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ބޮޑު އެހީއެއް
  •  އަންނަ އަހަރު ކުރީކޮޅު ނިންމާލާނެ

ނިޔާޒު ވިދާޅުވީ އެމްޓީޑީސީއިން 11 ބުރިއަށް ހުޅުމާލެގައި އަޅާ އޮފީސް އިމާރާތް އަންނަ މަހު ނިމު ހުޅުވާނެ އެވެ. އަދި މިތަން ވެގެންދާނީ އެންމެ ޒަމާނީ ރީތި ފުރިހަމަ އިމާރާތަކަށްކަން ނިޔާޒު ފާހަގަ ކުރެއްވި އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިމާރާތުގެ ސިސްޓަމްތައް ޓެސްޓުކުރުމާއި، ފަރުނީޗަރު ހަރުކުރުމާއި ފާހާނާ ފިޓިންގްސް ހަރުކުރުމުގެ މަސައްކަތެވެ. އަދި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ މައި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާއިރު، އަންނަ މަހު ކުރީކޮޅު ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ ނިޔާޒު ވިދާޅުވި އެވެ. 

ނާގޯށީގެ އިމާރާތުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތު -- ޕީއެސްއެމް

ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރުގެ ޓޫރިޒަމް ކުންފުނި އެމްޓީޑީސީއާ ހަވާލުކުރީ ޑިސެމްބަރު 5، 2007 ގައެވެ. އެމްޓީޑީސީން އެ ރަށް ތަރައްގީ ކުރަން ހަވާލުކުރި ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލާ އެވެ. ރިސޯޓު ހިންގައި ހުޅުވަން ވައުދުވީ 2012 އިގައެވެ. އެ ރަށް ހަދައިން ހުޅުވަން އެމެރިކާގެ ރެޑިޝަން ކުންފުނިން ވެސް މަސަކަތް ކުރި އެވެ. އޭރު އެ ރަށަކީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އަގު ބޮޑު އިންވެސްޓްމަންޓެވެ. ރެޑިސަން ކުންފުންޏާ "އަތުގުޅާލައިގެން" ނާގޯށި 2015 ވަނަ އަހަރު ހުޅުވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ރިސޯޓު ހުޅުވޭ ގޮތެއް ނުވި އެވެ. އެހެންވެ އެންމެ ފަހުން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޓީޑީސީއަށް ނުވިކަމަށް ބަލައި ރަށް އަތުލީ އެވެ. އެ ރަށް އެމްޓީޑީސީއަށް އަލުން ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނަވައިގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.