މޫސުން ގޯސްވެ، ދެކުނަށް ޔެލޯ އެލާޓް

މިއަދު މެންދުރުފަހު 2:15 އާ ހަމަޔަށް އެލާޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށެވެ. އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މިއަދު މެންދުރުފަހު 2:15 އާ ހަމަޔަށް އެލާޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށެވެ. އެ އެލާޓުގައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނު ކަމަށްވެސް ރެކޯޑު ކުރެވިފައި ވަނީ ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން އައްޑޫ އަތޮޅު ގަމަށް 106.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ގދ. ކާޑެއްދޫއަށް 102.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ. 

ރާއްޖޭގެ އުތުރަށް ވެސް މޫސުން ގޯސް ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ހދ. ހަނިމާދޫއަށްވެސް ވަނީ ރެކޯޑު މިންވަރަކަށް ވާރޭ ވެހިފަ އެވެ. އެގޮތުން 68.6 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓްގެ ރެކޯޑުތައް ދައްކަ އެވެ.

އެހެންކަމުން ހާއްސަކޮށް ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.