ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 122,548 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 119,468 ޓޫރިސްޓުންނާ އަޅާބަލާއިރު 2.6 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާއެކު، ދުނިޔޭގެ ޓޫރިޒަމަށް ހުއްޓުން އައުމާއެކު ރާއްޖޭގެ ޓޫރިޒަމަށް ދަށްވުމަށްފަހު ފުރަތަމަ ފަހަރު މިމަހު ޓޫރިޒަމަށް 2.6 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް 122,548 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 119,468 ޓޫރިސްޓުންނާ އަޅާބަލާއިރު 2.6 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ ފެށުން ވަރަށް ކުރިއަށް ދިޔައެވެ. ޖެނުއަރީ މަހު 5.0 ޕަސެންޓް އަދި ފެބުރުއަރީ މަހު 15.7 ޕަސެންޓުގެ ކުރިއެރުމެއް ރާއްޖޭގެ ޓޫރިޒަމަށް ލިބުނެވެ. ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓްތަކަށް މެދުވެރިވި ބުރޫތަކާއި އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން، މާރިޗު މަހު (-20.7 ޕަސެންޓް) އަދި އެޕްރީލް މަހު (-24.4 ޕަސެންޓް) ޒިޔާރަތްކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ޖުމްލަ 923,984 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މީގެ ތެރެއިން ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް އައި ޓޫރިސްޓުންގެ އަދަދަކީ 903,917 އެވެ. އަދި ވިޔަފާރި ދަތުރުތަކުގައި ބިޒްނަސް ޓްރެވެލާސް 6,259 މީހުން އަދި ކްރޫޒް ލައިނާރތަކުން 13,808 ފަސިންޖަރުން ރާއްޖެއަށް އައިސްފައިވެ އެވެ.