މީމުގައި ފީނަން އުޅުނު ނޫނު މީހަކު މަރުވެއްޖެ

ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އާލާތް ބޭނުން ނުކޮށް ފީނުމާއި ވައިފުޅި ނާޅައި ފީނުމުގެ ސަބަބުން ރާއްޖޭގައި ވަރަށް ގިނަ ބަޔަކަށް މައްސަލަތައް ދިމާވެ މަރުވެފައި ވެއެވެ.

އަހުމަދު ހަސަން ނިސްބަތްވާ ނ. އަތޮޅު ވެދިލޫ

މ. އަތޮޅަށް ގޮސް ފީނަށް އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

މަރުވި ފިރިހެން މީހާއަކީ ނ.އަތޮޅު ވެލިދޫ ޖަންބުގޭ / އަހްމަދު ހަސަން 49. އެވެ. އޭނާ ފީނާ އުޅެނިކޮށް މަރުވީ އިއްޔެ މެންދުރެއްހާއިރު އެވެ.

އަހުމަދު ހަސަން މަރުވި ހާދިސާ މެދުވެރިވުމުން ފުރަތަމަ ގެންދިޔައީ މ. އަތޮޅުގެ ވެރިރަށް މުލީގެ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑު މާލެ ގެނެސް ރޭ ފަތިހު މާލޭގެ އާސަހަރާގައި ވަނީ ޖަނާޒާ ބާއްވާފަ އެވެ.

އަހުމަދު ހަސަން ފީނަން ފައިބައި އުޅެނިކޮށް މަރުވި އެ ހާދިސާގެ ގިނަ ތަފްސީލުތަކެއް ނެތެވެ.

ވައި ފުޅިއާ ނުލައި ފީނުމާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނާޅައި އަދި ތަމްރީނު ވެސް ނުހައި ފީނުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. އޭގެ ސަބަބުން ވަރަށް ގިނަ މީހުން މަރުވެ އަދި ވަރަށް ގިނަ މީހުން ވާގި ނެތޭ ހާލަތަށް ދެ އެވެ. މިގޮތަށް ފީނާ މީހުން މޫދައި ކަނޑުގެ އަޑީގައި ފިތިގެން ފަރުވާ ދޭން ބޭނުން ކުރާ ޑިކޮމްރެޝަން ޗެމްބަރުގެ ހިދުމަތް ރާއްޖޭގައި އަދި އެހާ ފުޅަލެއް ނުވެއެވެ.

ނ. ވެލިދޫ

އަހުމަދު ހަސަން ނިސްބަތްވާ ވެލިދޫއަކީ 43.5 ހެކްޓަރުގެ 2000 އަށް ވުރެ ގިނަ މީހުން އުޅޭ ރަށެެކެވެ. ވެލިދޫއަކީ އެ އަތޮޅުގެ އިގްތިސޯދުގެ މައި އިންޖީނެވެ. އަތޮޅުގެ އެހެން ރަށްތަކާ އަޅައިބަލާއިރު، އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަން ދަނީ ވެސް ވެލިދޫއަށެވެ. ވެލިދޫ ބޮޑު ނިކަގަހަކީ ފަސް ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ގަހެކެވެ. ފަސްވަނަ ގަރުނުގެ ތެރޭގައި އިންޑިޔާ މީހުން ވެލިދޫގައި ދިރިއުޅެފައިވާކަން ތާރީހުން އެނގެ އެވެ. ރަށުގެ ގިނަ ބަޔަކު މިހާރު ކުރާ މައިގަނޑު މަސައްކަތަކީ ޓޫރިޒަމާއި މަސްވެރިކަމެވެ. ސަފާރީ ބަނުމާއި ދުއްވުން މަސައްކަތް ވެލިދޫގައި ވަރަށް ފުޅަލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.