މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއަ ރިޒާވާއި ނޭޗާ ޕާކުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ލ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަ ރިޒާވެއްގެ ގޮތުގައި ކަނޑައެޅަން މި އަހަރު ހުށަހަޅާނެ ކަމަށް އެންވަރުމަންޓް މިނިސްޓްރީން ބުނެފި އެވެ.
މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއަ ރިޒާވާއި ނޭޗާ ޕާކުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި އެންވަރުމަންޓް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވާ ގޮތުން ލ. އަތޮޅު ބަޔޮސްފިއަ ރިޒާވްއަކަށް ހެދުމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ރައްޔިތުން ހޭލުންތެރިކުރުވުމާއި މިކަމުގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަރުހަލާއެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލ. އަތޮޅާއި ޅ. އަތޮޅުގައި މި މަޝްރޫއު ކުރިއަށްގެންދިއުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.
ދިވެހިރާއްޖޭގައި މިހާރު ޖުމްލަ 3 ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް އޮވެއެވެ. މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކެކެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑައެޅުނު ބަޔޮސްފިއާ ރިޒާވްއެވެ. މިއަތޮޅުގައި ހިމެނޭ ހަނިފަރު ބޭ އަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ، ގިނަ އަދަދަކަށް އެންމަޑި އާއި ފެހުރިހި އެއްވާ ހާއްސަ ސަރަހައްދެކެވެ. މިއަތޮޅުގެ މާހައުލީ ނިޒާމު މުއްސަނދިވެފައި މުރަކައިގެ ބާވަތްތައް ގިނަ އެވެ. އަދި އައްޑޫ ސިޓީގައި ތަފާތު ގުދުރަތީ މާހައުލުތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އޮތް އެއް ކުޅި ކަމަށްވާ "އީދިގަލި ކިޅި" އާއި، ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދުތަކާއި، ފާހަގަކޮށްލެވޭ ފަރުތައް ހިމެނެއެވެ. މިއީ ގިނަ އަދަދެއްގެ ހިޖުރަކުރާ ދޫނިތަކާއި، ރާއްޖެއަށް ހާއްސަ "ދޮންދީނި" އާލާވާ މުހިންމު ބިނާއެކެވެ. ފުވައްމުލަކަކީ އެއް ފަރުތަކެއްގެ މަތީގައި އޮތް، އެކަހެރި އަދި ޖިއޮގްރަފީ ގޮތުން ހާއްސަ ރަށެކެވެ. ރަށުގެ މެދުގައި ބޮޑެތި ފޮނދުތަކާއި ކުޅިތައް (ބަންޑާރަ ކިޅި އަދި ދަޑިމަގު ކިޅި) އޮވެއެވެ. މީގެ އިތުރުން، ފުވައްމުލަކު ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ތަފާތު ބާވަތްތަކުގެ މިޔަރު (ހާއްސަކޮށް ހިމޭން މިޔަރު ނުވަތަ އާންމުކޮށް ފެންނަ، ދުނިޔޭގެ ފީނުންތެރިންގެ މެދުގައި މަގުބޫލު ތަނެކެވެ.