ފަލަސްތީނުގެ ބިން ގަދަކަމުން ހިފައިގެން އުފައްދާފައިވާ އިސްރާއިލްގެ ނޫސްތަކުގައިވާ ގޮތުން މި އަންހެން މީހާ މަރުވީ ޑްރޯންތަކަށް ބިރުން ފިލަން ދުވަނިކޮށެވެ.

އިސްރާއިލް ހިންގާ ސޯޝަލް މީޑިއާ ޕްރޮޕެގެންޑާ "ހަނގުރާ" މައިގައި ހަރަކާތްތެރިވާ އެ ގައުމުން މަޝްހޫރު މީހަކު ލުބުނާނަށް ވަދެ އުޅެނިކޮށް މަރާލައިފި އެވެ.
ފަލަސްތީނުގެ ބިން ގަދަކަމުން ހިފައިގެން އުފައްދާފައިވާ އިސްރާއިލްގެ ނޫސްތަކުގައިވާ ގޮތުން އިސްރާއީލާއި ލުބުނާނުގެ ބޯޑަރު ކައިރީގައި ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވެ، ހިޒްބުالله އިން ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލް ސިފައިންގެ މީހަކު މަރުވެ، އިތުރު ދެ ރިޒާވިސްޓުން ވަނީ ޒަހަމްވެފަ އެވެ.
އިސްރާއީލް އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ހަމަލާގައި މަރުވެފައިވަނީ ގިވާތީ ބްރިގޭޑްގެ ރޮޓެމް ބަޓާލިއަންގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 20 އަހަރުގެ ސާޖަންޓް ރޮޓެމް ޔަނާއީ އެވެ. އޭނާ މަރުވީ ބުދަ ދުވަހު ބޯޑަރު ކައިރީގައި އޮންނަ އިސްރާއީލުގެ އަސްކަރީ ސަރަހައްދަކަށް ހިޒްބުالله އިން ފޮނުވާލި ދެ ޑްރޯންގެ ހަމަލާއަކުން ސަލާމަވާން ފިލަން ދުވަނިކޮށެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލް ޑިފެންސް ފޯސަސް އިން ވަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ޓަޔާ (ސިޓީގެ ވަށައިގެންވާ ހިޒްބުالله ގެ އިންފްރާސްޓްރަކްޗާތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭން މަސައްކަތް ކޮށްފަ އެވެ. މިއީ ބޯޑަރުން ފެށިގެން 40 ކިލޯމީޓަރު (25 މޭލު) އެތެރޭގައިވާ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް އިސްރާއީލުން އެންގުމަށްފަހު ދޭން ފެށި ހަމަލާތަކެކެވެ.