އަލިފާނުގެ ހާދިސާތައް ގިނަ | ބަދަލު ނަގައިދޭ މިންވަރު 52% މައްޗަށް

މަރުކަޒީ ބޭންކުގެ އިންޝުއަރެންސް ރިޕޯޓް ދައްކާ ގޮތުން މިދިޔަ އިންޝުއަރެންސް ބަދަލަށް ވަނީ 340.2 މިލިއަން ރުފިޔާ ނަގައިދީފަ އެވެ. އަދި ރާއްޖޭގެ އިންޝުއަރެންސް ސިނާއަތް 19% އިތުރުވެ ވަނީ ދެ ބިލިއަން ރުފިޔާއަށް މަތިވެފަ އެވެ.

އަލިފާން ރޯވި ގުދަނުގައި ސިފަިއން ހަރަކާތްތެރިވަނީ

އަލިފާނު ހާދިސާތައް ގިނަވުމާއެކު މިދިޔަ އަހަރު ރާއްޖޭގައި އިންޝުއަރެންސް ކުންފުނިތަކުން ބަދަލު ނަގައިދޭން ޖެހުނު މިންވަރު 52% އިތުރުފައިވާ ކަމަށް ރާއްޖޭގެ އިންޝުއަރެންސް ސިނާއަތުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ރާއްޖޭގެ އިންޝުއަރެންސް ވިޔަފާރި ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިއާއެކު އިންޝުއަރެންސް ކުންފުނިތަކަށް ބަދަލު ހޯދުމަށް ހުށަހެޅުނު ޖުމްލަ އަދަދު ނުވަތަ "ގްރޮސް ކްލެއިމްސް" ގެ އަދަދު ވަނީ 52% އިތުރުވެފަ އެވެ. 

މިދިޔަ އަހަރު ބަދަލު ނަގައިދޭން ހުށަހެޅި ކްލެއިމްގެ އަދަދު ހުރީ 340.2 މިލިއަން ރުފިޔާ) އަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު މައިގަނޑު ގޮތެއްގައި ބަދަލު ހޯދަން އެންމެ ގިނައިން ހުށަހަޅާފައިވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ނަގާ ފަޔާ އިންޝުއަރެންސް އެވެ. އަދި ދެން ގިނައީ ހެލްތު އަދި އެކި އެހެން އިންޝުއަރެންސުގެ ބައިތަކެވެ. 

ބޮލަކަށް ޖެހޭ އިންޝުއަރެންސުގެ މިންވަރު މައްޗަށް

އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ހިމެނޭ އިންޝުއަރެންސުގެ ކުރިއެރުން ދައްކާ ބައިގައިވާ ގޮތުން މިދިޔަ އަހަރު ދޫކުރި އިންޝުއަރެންސް ޕޮލިސީތަކުގެ އަދަދު އަހަރުން އަހަރަށް ބަލާނަމަ 19% އިތުރުވެފަ އެވެ. މިއާއެކު އިންޝުއަރެންސް ކުންފުނިތަކަށް ޖުމްލަ ލިބުނު ޕްރީމިއަމް ނުވަތަ ގްރޮސް ރިޓަން ޕްރީމިއަމް (ޖީޑަބްލިޔުޕީ) 15% އިން ކުރިއަރާފައިވެ އެވެ  މިއާއެކު އަހަރު ނިމުނުއިރު ޖުމްލަ ޕްރީމިއަމްގެ އަދަދު ހުރީ 2.2 ބިލިއަން ރުފިޔާގަ އެވެ. މި ކުރިއެރުމާއެކު ރާއްޖޭގެ އިގްތިސާދުގެ ނިސްބަތުން އިންޝުއަރެންސް ބޭނުންކުރާ މިންވަރު ދައްކުވައިދޭ "އިންޝުއަރެންސް ޕެނެޓްރޭޝަން" 1.9% އަށް މަތވެފައިވާއިރު، އާބާދީގެ ނިސްބަތުން ބޮޮލަކަށް ޖެހޭ "އިންޝުއަރެންސް ޑެންސިޓީ"  ވެސް ވަނީ 209.94 ޑޮލަރުން 237.91 އެމެރިކާ ޑޮލަރަށް މަތިވެފަ އެވެ. މިއީ ރާއްޖޭގައި އިންޝުއަރެންސް ސިނާއަތް ހަރުދަނާވަމުން އަންނަކަމުގެ އިންޑިކޭޝަނެކެވެ. 

ޕްރީމިއަމްތަކުގެ ކުރިއެރުން

  • 2021 އިން 2025 އަށް އިން ޕްރީމިއަމް އާއި ރީއިންޝުއަރެންސް ކަނޑާލުމުން ޖުމްލަ ޕްރިމއަމް ވަނީ 15% ކުރިއަރައި 2.2 ބިލިއަން ރުފިޔާގަ

ޖީޑަބްލިޔުޕީ އަށް އައި ބޮޑު ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ "ފަޔަ އިންޝުއަރެންސް" ކްލާހުންނެވެ. އެގޮތުން ޖުމްލަ ކުރިއެރުމުގެ 43%  ނުވަތަ 95.9 މިލިއަން ރުފިޔާ ހިއްސާކުރީ ފަޔާ އިންޝުއަރެންސް އެވެ. ދެން އެންމެ ބޮޑު ކުރިއެރުމެއް ރެކޯޑުކުރީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން "އެވިއޭޝަން އިންޝުއަރެންސް" އެވެ. މީގެ އިތުރުން ހެލްތު އިންޝުއަރެންސް އާއި، ކަނޑު އުޅަނދުފަހަރުގެ އިންޝުއަރެންސް (މެރިން ހަލް) އަދި ކޮންޓްރެކްޓަރުންގެ މަސައްކަތްތަކާ ގުޅޭ އިންޝުއަރެންސް ތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މި ރިޕޯޓް ދައްކާ ގޮތުން ސިނާއަތުގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ ފަޔާ އިންޝުއަރެންސް އެވެ، މި ބައިގެ ހިއްސާއަކީ 31.4% އެވެ. އަދި ހެލްތު އިންޝުއަރެންސްގެ ހިއްސާ 27.6% އަށް އަރަ އެވެ. 

އިންޝުއަރެންސްުގެ އެކި ބައިތަކުން ބަދަލު ނަގައިދޭ މިންވަރު ފެންނަ ގްރާފެއް

އެމްއެމްއޭ އިން ބުނި ގޮތުގައި އިންޝުއަރެންސް ސިނާއަތުގެ ޖުމްލަ އެސެޓްތަކުގެ 28% ހިއްސާކުރަނީ ތަފާތު ދާއިރާތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކެވެ. މި އިންވެސްޓްމަންޓްތަކުގެ އެންމެ ބޮޑު ހިއްސާއެއް ހުރީ ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓްތަކުގައެވެ. އެއީ 34% އެވެ. އަދި ދެން އެންމެ ގިނައީ ސަރުކާރުގެ ޓްރެޜަރީ ބިލްތަކެވެ މިބައިގެ ހިއްސާ 29% އަށް އަރަ އެވ. 

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ޝަރީޢާ ހުއްދަކުރާ ފައިނޭންޝަލް ވަސީލަތްތައް މަދުވުމުގެ ސަބަބުން، އިސްލާމިކް އިންޝުއަރެންސް ނުވަތަ "ތަކާފުލް" ފަންޑުތަކުގެ ބޮޑުބައެއް އަދިވެސް ބަހައްޓަންޖެހެނީ ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓްތަކުގައެވެ. މި ރިޕޯޓުން އެނގޭ ގޮތުން ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން އަންޑަވްރައިޓިން ރިސްކުތައް ބެލެހެއްޓުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން ސިނާއަތުގެ ރިޓާން އޮން އީކުއިޓީ  (އާރުއޯއީ) 20.1% ގެ މަތީ ދަރަޖައެއްގައި ވަނީ ހިފެހެއްޓިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.