އީދު ކުޅިވަރު ކުޅުމަށް ކަރަންޓުގެ މަސައްކަތެއް ކުރަނިކޮށް ކަރަންޓުގައި ޖެހިފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކަރަންޓުގައި ޖެހުމާއެކު އެކުއްޖާ ވަނީ ވަގުތުން ހޭނެތިގެން ވެއްޓިފަ އެވެ.

ލ. ގަމުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަރަންޓުގައި ޖެހުނު ކުޑަ ފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އީދު ކުޅިވަރު ކުޅުމަށް ކަރަންޓުގެ މަސައްކަތެއް ކުރަނިކޮށް ކަރަންޓުގައި ޖެހިފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކަރަންޓުގައި ޖެހުމާއެކު އެކުއްޖާ ވަނީ ވަގުތުން ހޭނެތިގެން ވެއްޓިފަ އެވެ.
ފުލުހުން އިއްޔެ ބުނެފައި ވަނީ އެކުއްޖާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ.
އެ ކުއްޖާ އަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗުގަ އެވެ. އެ ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.