ދަރަނި ދައްކާ ބަޖެޓުގެ 67 ޕަސެންޓް ހުސްވެއްޖެ

ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރު ދަރަނި ދައްކަން މި އަހަރަށް 12,9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް 8.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ބޮޑު ދަރަނި ދެއްކުމާއި ދަރަނީގެ ގިނަ ކަންކަން ފުރިހަމަ ކުރުމުން މި އަހަރަށް ދަރަނި ދައްކަން ފާސްކުރި ބަޖެޓުގެ 67 ޕަސެންޓް ހުސްވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން ވަނީ މި އަހަރު ދަރަނި ދައްކަން މި އަހަރަށް 12,9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް 8.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

މި އަހަރުގެ ބަޖެޓުން ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަން ރާވާފައިވާއިރު، މީގެ ތެރޭގައި ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ބޮޑެތި ބޮންޑުތަކާއި ސުކޫކްތައް ހިމެނެ އެވެ. މިގޮތުން އެންމެ ބޮޑު ދަރަންޏަކީ އެއްފަހަރާ ދައްކާ ހަލާސްކުރި 500 މިލިއަން ޑޮލަރުގެ ސްކޫކް އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ސަނީ ސައިޑްގެ ނަމުން މަޝްހޫރުވި މި ބޮންޑު ދެއްކުމުގެ މުއްދަތު ހަމަވަމުން ދިޔައިރު ރާއްޖެ ބަނގުރޫޓު ވާހަކަ ދެއްކި އެވެ. ނަމަވެސް މި ދަރަނި ހަލާސް ކުރުމުން އެ ވާހަކަ ވަނީ ހުއްޓިފަ އެވެ. 

ބޮޑު ދަރަނީގެ އިތުރުން މިދިޔަ ސަރުކާރުގެ ވެރިކަމުގެ އިންޑިއާ ސަރުކާރުން ބަޖެޓު ސަޕޯޓަށް ނެގި 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ވަނީ ދާދިފަހުން ދައްކާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.