އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ލަކުޑިޖެޓީއަށް ބާޖެއް ގާތްކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ މި ވަގުތު ޖެޓީ ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ ލަކުޑިޖެޓީއަށް ބާޖެއް ގާތްކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ މި ވަގުތު ޖެޓީ ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށެވެ. އެހެންކަމުން ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމެންޓްތައް ހަދައި މަރާމާތަށްފަހު އެތަން އަލުން ހުޅުވާލަންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ބަންދުކޮށްފައިވާކަމަށެވެ.
އެޗްޑީސީ އިން ބުނީ ޖެޓީ ހަލާކުވުމާ ގުޅިގެން މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައި އެވެ. އެ ކުންފުނިން ވަނީ މިކަމުގެ ސަބަބަުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ.