ބޮޑު ޖަމާއަތުގެ އިތުރުން، މާލޭގެ 25 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން، އަޟްހާ އީދު ދުވަހު މާލޭގެ ހަތަރު ސަރަހައްދެއްގައި އީދު ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދު ކުރާ މިސްކިތްތަކާއި މައިދާންތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.
އެގޮތުން، މާލޭގެ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލެ 1 ގެ ސިންތެޓިކް ޓްރެކް އަަދި ހުޅުމާލެ 2 ގެ މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއަތުގައި މި އަހަރުގެ ބޮޑު އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޮޑު ޖަމާއަތުގެ އިތުރުން، މާލޭގެ 25 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މީލާދީ ކަލަންޑަރުގައި، ބޮޑު އީދު ދުވަހަކީ މާދަމާ އެވެ. މުޅި ރާއްޖޭގައި އީދު ނަމާދު ކުރާނީ ހެނދުނު 7:00 ގަ އެވެ.