ހައްޖު ދުވަހު ރައީސްގެ ހާއްސަ މެސެޖެއް

އެކްސްގައި ހިއްސާކުރެއްވި މި މެސެޖުގައި މި ބަރަކާތްތެރި ދުވަސް ރައީސް ސިފަކުރައްވާފައި ވަނީ، ރަހުމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހައްޖަށް ދިޔަ ފަރާތަކާ ބައްދަލުކުރައްވަނީ --

އެންމެހައި ދިވެހި ރައްޔިތުންނަށް ހެޔޮ ދަރުމަ އާއި ސަވާބު ދެއްވުން އެކި ދުއާ ކުރައްވައި، ހައްޖު ދުވަހާ ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ މެސެޖެއް ފޮނުއްވައިފި އެވެ.

އެކްސްގައި ހިއްސާކުރެއްވި މި މެސެޖުގައި މި ބަރަކާތްތެރި ދުވަސް ރައީސް ސިފަކުރައްވާފައި ވަނީ، ރަހުމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގަ އެވެ. 

އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.

ހައްޖު ދުވަހުގެ މުނާސަބަތުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ މެސެޖެއް ހިއްސާކުރައްވާފަ އެވެ.

އެކަމަނާގެ ވަނީ ދިވެހި ހައްޖާޖީންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފަ އެވެ. އަދި ދިވެހި ކޮންމެ އަހަކާއި އުހުތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ހައްޖު ދުވަހުގެ އަޖުރާއި ރަހުމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.

ރާއްޖޭން މިއަހަރުވެސް 1000 ދިވެހިން ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކޮށްފަ އެވެ. އެކަކު ފިޔަވައި އެންމެންވެސް މިހާރު ތިބީ އަރަފާތު ބިމުގަ އެވެ. ނުދެވެނީ މިނާގެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު މީހެކެވެ. އެމީހާވެސް އަރަފާތު ބިމަށް މިއަދު ގެންދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ.

ޖުމްލަ ގޮތެއްގައި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.