އެސްޓީއޯ ގްރޫޕުގައި އެލައިޑް | މިދިޔަ އަހަރު އާމްދަނީ 15 % އިތުރު

މި ރިޕޯޓުން އެނގޭ ގޮތުން އެސްޓީއޯ ގްރޫޕްގެ ތެޔޮ އަދި ޝިޕިންގް ދާއިރާއިން އާމްދަނީ ދަށަށް ދިޔަ ދަނޑިވަޅެއްގައި، އިންޝުއަރެންސް ސެކްޓަރާއި ޓްރޭޑިންގް ދާއިރާ ވެގެންގޮސްފައިވަނީ ގްރޫޕްގެ މާލީ ހަމަޖެހުން ހިފެހެއްޓުމުގެ މުހިންމު ބާރަކަށެވެ.

އެލައިޑަށް 39 އަހަރު ފުރުމުގެ ގޮތުން އެނުވާސަރީ ކޭކެއް ފަޅަނީ : މި ކުންފުނި އުފެދިގެން އައީ ރާއްޖޭން ބޭރުވާ ޑޮލަރު މަދުކުރުމުގެ މަގުސަދުގައި -- އެލައިޑް

އެސްޓީއޯ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދައި، އެލައިޑް އިންޝުއަރެންސުން މިދިޔަ އަހަރުގެ ފައިދާ 15 ޕަސެންޓް މައްޗަށް ޖައްސާލައިިފި އެވެ. 

އެސްޓީއޯ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ ގްރޫޕްގެ އިންޝުއަރެންސް ސެކްޓާ އިން އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް މިދިޔަ އަހަރު މާލީގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ދައްކަ އެވެ. މިދިޔަ އަހަރުގެ ކުރީ އަހަރު އިންޝުއަރެންސް ސެކްޓަރަށް އާމްދަނީގެ ގޮތުގައި 761 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު މި އަދަދު ވަނީ 15 % ގެ ކުރިއެރުމަކާއެކު 875 މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. މިއީ 114 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މާލީ ކުރިއެރުމުގެ މުހިންމު ބައިތައް

މާކެޓް ހިއްސާ - އެލައިޑުން ވަނީ ރާއްޖޭގެ އިންޝުއަރެންސް މާކެޓުގެ 43 % ހިއްސާ ހިފަހައްޓައި، މާކެޓުގެ އެއްވަނަ މަގާމު ދަމަހައްޓާފައެވެ. އާމްދަނީ އިތުރުވުމުގެ މުހިންމު ސަބަބުތަކުގެ ތެރޭގައި އިންޝުއަރެންސް ޕޮލިސީތައް އާކުރި މިންވަރު ވަރުގަދަވުމާއި، އައު ޕްރޮޑަކްޓްތައް ތައާރަފްކުރުމުގެ އިތުރުން ޚިދުމަތް ފޯރުކޮށްދޭ ދާއިރާތައް ފުޅާކުރުން ހިމެނެއެވެ.

މި ރިޕޯޓުން އެނގޭ ގޮތުން އެސްޓީއޯ ގްރޫޕްގެ ތެޔޮ އަދި ޝިޕިންގް ދާއިރާއިން އާމްދަނީ ދަށަށް ދިޔަ ދަނޑިވަޅެއްގައި، އިންޝުއަރެންސް ސެކްޓަރާއި ޓްރޭޑިންގް ދާއިރާ ވެގެންގޮސްފައިވަނީ ގްރޫޕްގެ މާލީ ހަމަޖެހުން ހިފެހެއްޓުމުގެ މުހިންމު ބާރަކަށެވެ.

އެސްޓީއޯ ރިޕޯޓުން އެނގޭ ގޮތުން އޮޕަރޭޝަނަލް ގޮތުން ޚިދުމަތްތައް އަވަސްކުރުމަށްޓަކައި އަންޑަރވްރައިޓިންގް މަރުހަލާތައް ކުރުކޮށް، ކްލެއިމްތައް ސެޓްލްކުރުމުގެ ދުވެލި ވަނީ އަވަސްކޮށްފަ އެވެ. މީގެއިތުރުން، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޕޮލިސީތަކަށް އެކްސެސްވުމާއި ކްލެއިމް ހުށަހެޅުން އިތުރަށް ލުއިފަސޭހަކޮށް، ރީޓެއިލް އަދި ކޯޕަރޭޓް ކަސްޓަމަރުންނަށް ޑިޖިޓަލް ޚިދުމަތްތައް އެލައިޑުން ވަނީ ފުޅާކޮށްފައެވެ. އަދި އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގް ސްޓޭންޑަރޑް އަށް ބަދަލުވުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކުންފުނީގެ ސައިބަ ސެކިއުރިޓީއާއި ޑޭޓާ ޕްރޮޓެކްޝަން ވަރުގަދަކުރުމަށް ވެސް ވަނީ ޚާއްސަ އިންވެސްޓްމަންޓް ތަކެއް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.