ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން އިއްޔެ ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން، 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އެމްޑީ ބިލާލް މިއާ 34، އާއި އެމްޑީ ޓެންވާ ރަހްމާން އެންޓޯ 20، އެެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފެރީޓާމިނަލް ކައިރިންނެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން އިއްޔެ ޕެޓްރޯލުކުރަމުން ދިޔައިރު އެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން، 22 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެ މީހުން ވެސް މިހާރު ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަވާ ކަމަށްވެސް ފުލުހުން ބުންޏެވެ.