ދިވެހި ހާޖީން މިނާގައި، މިރޭ އަރަފާތަށް ދަތުރު ފަށާނެ

"ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަންއިން ދަނީ ދެމުން. މިނާއާއި އަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ހައްޖުވެރިން ރޭ މިނާއަށް ކުރި ދަތުރުގެ ތެރެއިން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ރާއްޖޭގެ ހުރިހާ ހައްޖުވެރިން މިނާއަށް ގޮސްފައިވާއިރު، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމްލަކޮށް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުނެފި އެވެ.

ރާއްޖޭން މިއަހަރުވެސް މައްކާ ރޫޓުން ހައްޖުގެ މާތް އަޅުކަން އަދާކުރަން 1000 ހައްޖުވެރިން މައްކާއަށް ގޮސްފައިވާއިރު، އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ އިންތިޒާމު ތަކެއް ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ދިވެހި ހައްޖުވެރިން މިނާއަށް ފުރާފައި ވަނީ ރޭ މައްކާ ގަޑިން 9:30 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން ރޭގަނޑު 12:30 އެވެ. މިނާއަށް ދެވުނީ ފަތިހަށެވެ.

އަދި ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަންއިން ދަނީ ދެމުން. މިނާއާއި އަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ހައްޖު މިޝަން އިން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ދިވެހި ސަރުކާރުން އަބަދުވެސް ހައްޖުވެރިންނަށް ވީހާވެސް ގާތުން ހިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ހައްޖުގެ މަޝާއިރުތައް ފަށަނީ މައްކާގެ ސަރަޙައްދާއެކު މިނާއިން ނެވެ. ހައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާ ވެސް އެނބުރި މިނާ އަށް ދާނެ އެވެ. އަދި ހައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސް ވެސް ހޭދަކުރަނީ މިނާގަ އެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރާއްޖޭން ވަޑައިގެންފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.