އަހަރު ދުވަހަށް ބަލާނަމަ ޒަރޫރީ މުދަލުގެ އަގު 4.40 ޕަސެންޓް މަތި

އަގު ދަށަށްދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ އަގު ކުރީ މަހަށްވުރެ 3.79 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މޭވާގެ އަގު ވަނީ ކުރީ މަހާ އަޅާބަލާއިރު 3.08 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ބާޒާރުގައި ވިއްކަން ހުރި މިރުސްތަކެއް : މިދިޔަ މެއިމަހު މިރުހުގެ އަގު ހުރީ ދަށުގައި

މާލޭގެ ބާޒާރުގައި ޒަރޫރީ ކާބޯތަކެއްޗާއި މުދަލުގެ އަގުތައް އުފުލި، ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.40 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް އިސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާޗް މަހާ އަޅާބަލާއިރު އޭޕްރީލް މަހު އެކަނި ވެސް މުދަލުގެ އަގުތަކަށް ވަނީ 1.06 ޕަސެންޓް އުފުލިފަ އެވެ. 

އަގުތަކަށް އައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ގޭހާއި އެހެނިހެން ފިއުލްގެ ބައިންނެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ބުއިންތަކުގެ އަގުތައްވެސް ވަނީ މައްޗަށް ގޮސްފައެވެ. ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އަގުތައް ވަނީ 14.54 ޕަސެންޓް މައްޗަށް ގޮސްފައެވެ. އަދި މަހުން މަހަށް ބަލާއިރު މި އަދަދު އުޅެނީ +0.53 ޕަސެންޓް މަތީގަ އެވެ. އަދި  ބުއިންތަކުގެ އަގުތައް އަހަރުން އަހަރަށް ބަލާއިރު 5.31 ޕަސެންޓް މަތިވެފައިވެ އެވެ. މަހުން މަހަށް ބަލާނަމަ މިއަދަދު އުޅެނީ +1.85 ޕަސެންޓް މަތީގަ އެވެ. 

ސްޓެޓިސްޓިކް ބިއުރޯއިން ބުނީ ކާބޯތަކެތި އަހަރުން އަހަރަށް ބަލާއިރު 3.61 ޕަސެންޓް މައްޗަށް ގޮސްފައިވެއެވެ. އަދި މަހުން މަހަށް ބަލާއިރު ވަނީ +0.97 ޕަސެންޓް އުފުލިފަ އެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނު: އަހަރުން އަހަރަށް 3.50 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މަހުން މަހަށް ބަލާނަމަ މި ބައިގެ އަގުތައް +0.89 ޕަސެންޓް ވަނީ އުފުލިފަ އެވެ. 

ކާބޯތަކެތީގެ ބާވަތްތަކަށް ވަކިވަކިން ބަލާއިރު، އެންމެ ބޮޑު ލޮޅުމެއް އައިސްފައިވަނީ އެއް ގަމު މަހުގެ ބާވަތްތަކުންނެވެ. އެގޮތުން މަހުން މަހަށް އަދި އަހަރުން އަހަރަށް ބެލިނަމަވެސް އެއްގަމު މަހުގެ އަގު ވަނީ 14.58 ޕަސެންޓްގެ އުފުލުމެއް ފެނެ އެވެ. 
މީގެ އިތުރުން ހަކުރާއި ފޮނިކާނާގެ ބާވަތްތަކުގެ އަގު އަހަރުން އަހަރަށް 10.87 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، ތެލާއި ފެޓްސްގެ ބާވަތްތައް ވަނީ 9.03 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ކިރާއި ބިހުގެ ބާވަތްތަކުގެ އަގުވެސް ވަނީ އަހަރުން އަހަރަށް 6.10 ޕަސެންޓް އުފުލިފަ އެވެ.

އަގު ދަށަށްދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ އަގު ކުރީ މަހަށްވުރެ 3.79 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މޭވާގެ އަގު ވަނީ ކުރީ މަހާ އަޅާބަލާއިރު 3.08 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.