ބަލި ފެތުރޭ މިންވަރު އިތުރުވާތީ އީދު ބަންދު ތެރޭގައި ސަމާލުވާން އިލްތިމާސެއް

އީދު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވާނެތީ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --

ހިމަބިހި ހިމެނޭ ގޮތަށް، ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު މި ދުވަސްވަރު އިތުރުވެފައިވާތީ، ބޮޑު އީދުގެ ބަންދުގެ ތެރޭގައި އާންމުން ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިމަބިހީގެ އިތުރުން، ޑެންގީ އާއި އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާގެ ކޭސްތައް މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުކުރުން އިތުރުވާނެތީ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިގޮތުން، ހުން އައިސް، ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި، ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމާއި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުން ހިމެނެ އެވެ.

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުމާއި ރަތްބިހީގެ އަލާމާތެއް ހުރި ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަށް އައިޖީއެމްއެޗުގައި ހެލްޕު ޑެސްކެއް ވެސް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.