ދެ ނޫސްވެރިން ޖަލަށްލި މައްސަލައިގެ އިސްތިއުނާފް ހައިކޯޓުން ބަލައިގެންފި

ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމް ކުރި

'އަދަދު' ނޫހުގެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އަދި ލީވާން --

ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިން ޖަލަށްލުމަށް އެ ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް ހައިކޯޓުން މިއަދު ބަލައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކޮށް "އަދަދު"ން ހެދި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫހުގެ ދެ އެޑިޓަރުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު ޕީޖީ އޮފީހުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގެ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރު ކޮށްފަ އެވެ.

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް މުއިއްޒާ ސުވާލު ކުރި މައްސަލައިގައި އޭނާ އަށް 15 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. އަދި ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތުން އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލާން އެ ކޯޓުން އަމުރު ކުރި އެވެ.

އޭގެ އިތުރުން ލީވާން 26،800ރ. އިން އަދި ޝަހުޒާން 25،800ރ. އިން ޖޫރިމަނާ ކުރަން ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

މި ދެ ހުކުމް ވަކިވަކިން އިސްތިއުނާފް ކުރި އިރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ގެގް އަމުރު ބާތިލް ކުރުމަށް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް ހައިކޯޓުން ފުރަތަމަ ނިންމީ އެ މައްސަލަ ބޭރުކޮށްލުމަށެވެ. ނަމަވެސް ފަހުން އެ މައްސަލާގައި ހިމެނޭ ހަސްމެއް ކަމަށްވާ އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ފަރާތުން ވަނީ އަލުން އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.