ކުޅުދުއްފުށީ ސިޓީ ޑެޕިއުޓީ މޭޔަރުގެ ތާއީދު ރައީސް ނަޝީދަށް

އަހުމަދު އަބްދުﷲ ސޯޝަލް މީޑިއާގަައި ލިޔެފައިވާ ގޮތުން މިއީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާޝަންއެއްގެ ގޮތުގައި ހިދުމަތް ކުރުމަށް ތައްޔާރަށްހުއްޓައި އެހެން ފަރާތަކަށް ފުރުސަތު ދޭންޖެހޭ ދަނޑިވަޅެއް ނޫނެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ (ރޯޒޭ) ގެ ތާއީދު ރައީސް މުހައްމަދު ނަޝީދުއަށް އޮތްކަން ހާމަކޮށްފި އެވެ.

އަހުމަދު އަބްދުﷲ ސޯޝަލް މީޑިއާގަައި ލިޔެފައިވާ ގޮތުން މިއީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާޝަންއެއްގެ ގޮތުގައި ހިދުމަތް ކުރުމަށް ތައްޔާރަށްހުއްޓައި އެހެން ފަރާތަކަށް ފުރުސަތު ދޭންޖެހޭ ދަނޑިވަޅެއް ނޫނެވެ. އަދި ޕާޓީއަށް ބޭނުންވަނީ އެމްޑީޕީގެ ސިޔާސަތުތައް ނަގަހައްޓާނެ ވަރުގަދަ ސިޔާސީ ލީޑަރެއް. ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންމެނަށްވެސް ގަބޫލުކުރެވޭ ހަގީގަތަކީ، ޕާޓީ އަށް ވެސް ގައުމަށްވެސް ބޮޑު ބަދަލެއް އަންނަންޖެހޭކަން. އެފަދަ ބޮޑު ބަދަލެއް ގެނައުމަށް ބޭނުންވަނީ ތަޖުރިބާހުރި ހިތްވަރުގަދަ ލީޑަރެއް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި އަދި މުޅި އުތުރަށް އެންމެ މޮޅު ގޮތަކީ މި ބަދަލު ގެނައުމަށް ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދު ކުރަން ވަނީ ނިންމާފަ އެވެ. އަދި މާތް ﷲގެ ހެޔޮރަހުމަތާއި އެކު، އެކުގައި ކުރާ މަސައްކަތުން ކުޅުދުއްފުށި ސިޓީ ބޮޑުތަނުން ރައީސް ނަޝީދު ނަގާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.