އެނދު އިތުރުވި ނަމަވެސް ޓޫރިޒަމް އޮކިއުޕެންސީ ދަށަށް

މި މުއްދަތުގައި ފާހަގަ ކުރެވޭ އަނެއް ބަދަލަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޓޫރިސްޓަކު އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރީ 6.9 ދުވަސް ނަމަވެސް، މިއަހަރު މި އަދަދު ވަނީ 7.1 ދުވަހަށް އުފުލިފައިވުމެވެ.

ރާއްޖެ އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- މޯލްޑިވއަން

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހިދުމަތްދޭ އެނދުގެ އަދަދު "ބެޑް ކެޕޭސިޓީ"  މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވި ނަމަވެސް، ރިސޯޓުތަކާއި ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓާއި ބެޑް ނައިޓްސްގެ އަދަދު ދަށަށް ގޮސްފައިވާކަން  ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖޭގައި އެވްރެޖްކޮށް ހިދުމަތުގައި ހުރީ 62,712 އެނދެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 67,392 އަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް 7.5% ގެ ކުރިއެރުމެކެވެ. މި އަހަރުގެ އެޕްރީލް މަހު އެކަނި ވެސް އޮޕަރޭޝަނަލް އެނދުގެ އެވްރެޖް އަދަދު ވަނީ 68,000 އަށްވުރެ މައްޗަށް ޖެހިލާފަ އެވެ.

އެނދުގެ އަދަދު އިތުރުވި ނަމަވެސް، ޖުމްލަ ބެޑް ނައިޓްސް ނުވަތަ ޓޫރިސްޓުން މަޑުކުރި ރޭކުރި އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ޖެނުއަރީ އަދި ފެބުރުއަރީ މަހު ބެޑް ނައިޓްސް މަތިވި ނަމަވެސް، މާރިޗް މަހު 7.1 %  އަދި އެޕްރީލް މަހު 12.8 % ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ. މިއާއެކު ފުރަތަމަ ހަތަރު މަހުގެ ޖުމްލަ ބެޑް ނައިޓްސް ވަނީ 5.17 މިލިއަނުން 5.13 މިލިއަނަށް 7 % ދަށަށް ގޮސްފަ އެވެ.

މި އަހަރު އޮކިއުޕެންސީ ހުރި މިންވަރު (6 މަސް)

  •  2025 - 68.9%
  •  2026 - 63.8%

ޓޫރިޒަމް ހިސާބުތަކުން ދައްކާ އޮކިއުޕެންސީ ދަށްވިނަމަވެސް ގޮތުން މާކެޓަށް އައި އެންމެ އުންމީދީ ބަދަލަކީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ އެވްރެޖް މުއްދަތު އިތުރުވުމެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ޓޫރިސްޓަކު އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރީ 6.9 ދުވަސް ނަމަވެސް، މިއަހަރު މި އަދަދު ވަނީ 7.1 ދުވަހަށް އުފުލިފަ އެވެ. މިއީ 3.9 % ގެ  ކުރިއެރުމެކެވެ. ހާއްސަކޮށް މިއަހަރުގެ މާރިޗް މަހު ޓޫރިސްޓުން އެވްރެޖްކޮށް 7.7 ދުވަސް ރާއްޖޭގައި ވަނީ ހޭދަކޮށްފަ އެވެ. 

މި ބަދަލުން ވާނެ ގޮތް

ޓޫރިޒަމް މައުލޫމާތުތަކަށް ބަލާއިރު ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބޭ އެންމެ ބޮޑު އާމްދަނީއެއް ބިނާވަނީ ފަތުރުވެރިން ހޭދަކުރާ ރޭތަކުގެ އަދަދު ގެ މައްޗަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު 5.17 މިލިއަން ބެޑް ނައިޓްސް ރެކޯޑުކުރެވުނު އިރު، މި އަހަރު އެ އަދަދު ވަނީ 5.13 މިލިއަނަށް ދަށަށް ގޮސްފަ އެވެ. މީގެ ސަބަބން ޓީޖީއެސްޓީ ދަށްވާނެ އެވެ. އަދި ކޮޓަރިތަކުގެ ސީދާ ބުކިންގްސް މަދުވުމުން، ރިސޯޓުތަކުގެ ކޮޓަރި ވިއްކައިގެން ލިބޭ ޖުމްލަ އާމްދަނީ ދަށްވެ، ދައުލަތަށް ލިބޭ ޓީޖީއެސްޓީގެ ކަނޑައެޅިފައިވާ އަމާޒަށް އަސަރުކުރާނެ އެވެ. އަދި ގްރީން ޓެކުހަށް އަސަރު ކުރާނެ އެވެ. ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް ނަގާ ގްރީން ޓެކްސްގެ އާމްދަނީ ވެސް ޖުމްލަ ބެޑް ނައިޓްސް މަދުވުމާއެކު ސީދާ ދަށަށް ދާނެ އެވެ. 

ރާއްޖޭގެ ޓޫރިޒަމްގައި ހު އެނދުގެ އަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައި، އޮކިއުޕެންސީ ދަށްވެފައިވަނީ ރިސޯޓުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވުމެވެ. އޮކިއުޕެންސީ ހިފެހެއްޓުމަށްޓަކައި ގިނަ ރިސޯޓުތަކުން ކޮޓަރިތަކުގެ އަގު ހެޔޮކުރަން މަޖުބޫރުވެ އެވެ. އަދި އެނދުގެ އަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައި، އޮކިއުޕެންސީ ދަށްވުމުން ރިސޯޓުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެއެވެ. އޮކިއުޕެންސީ ހިފެހެއްޓުމަށްޓަކައި ގިނަ ރިސޯޓުތަކުން ކޮޓަރިތަކުގެ އަގު ހެޔޮކުރަން މަޖުބޫރުވެ އެވެ. މީގެ ސަބަބުން އެވްރެޖް ޑެއިލީ ރޭޓް ދަށްވެ، ކޮންމެ ލިބޭ އެނދަކުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ވެއްޓިގެންދެ އެވެ. އާމްދަނީގެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ފާހަގަކުރެވެނީ މިދިޔަ މަހު އެވެ. މިދިޔަ އެޕްރީލް މަހުގެ ބެޑް ނައިޓްސް 12.8 % ދަށަށް ގޮސް، އޮކިއުޕެންސީ ވަނީ 48.9 % ވެއްޓިފައެވެ. މިއީ ސިނާއަތުގެ އާމްދަނީ އަށް އެ މަހު ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރި ކަމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.