އިސްތިސްނާވާ ދާއިރާތައް ފިޔަވައި ހުރިހާ އާރްޓީއައިއަކަށް ޖަވާބު ދީފި

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ޖަވާބު ދެވެން ހުރި ހުރިހާ އާރްޓީއައިތަކަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ.

ރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) --

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅައިފައިވާ ފޯމުތައް ފިޔަވައި، ރައީސް އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި ފޯމަކަށް، މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބު ދީފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހަށް މައުލޫމާތު ހޯދަން ހުށަހަޅާ ފޯމުތަކަށް ޖަވާބު ނުދޭކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. 

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ ޖަވާބު ދެވެން ހުރި ހުރިހާ އާރްޓީއައިތަކަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ.

ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް، މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މައުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރުމުގެ ޒިންމާ އަދާކުރުމުގައި، ސަރުކާރުން ސައްތައިން ސައްތައަށް އިޖާބަދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާރު އަޅުއްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން މުންދު ވިދާޅުވެފައި ވަނީ ކާކުކަން ނޭންގޭ ގޮތަށް މައުލޫމާތު ހޯދަން ހުށަހަޅާ ފޯމުތައްވެސް ވަރަށް ގިނަވެފައިވާ ކަމަށެވެ. އަދި ޖަވާބު ދެވޭނީ އެއީ އެ ހުށަހަޅަނީ ކާކުކަން އެނގޭ ގޮތަށް ހުށަހަޅާ ފޯމުތަކަށް އެކަނި ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.