ޔޫކޭއަށް އެތެރެކުރާ ދިވެހި މަހުން ޑިޔުޓީ ކަނޑައިލުން ދާއިމީ ކުރަން މަސައްކަތް ފަށައިފި

މިވަގުތު ރާއްޖެއަށްވެސް ދަރަނިތައް އަދާކުރަން ހުރުމާއި، އިނގިރޭސިވިލާތަށްވެސް އިގްތިސާދީ ގޮންޖެހުންތަކެއް ހުރުމުން، ދެ ގައުމަށް ވެސް އެއްބަސްވެވުނީ ވަގުތީ ހައްލަކަށް ގޮސް، މުސްތަގުބަލުގައި ދާއިމީ ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ކުރިއަށް އޮތް ދެ އަހަރަށް ޑިޔުޓީ ކަނޑައިލަން ނިންމާފައިވާއިރު، އެކަން ދާއިމީ ކުރަން މަސައްކަތް ފަށާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ދިވެހި ކަނޑު މަހުގެ ބާވަތްތަކުން ޔޫކޭން ނަގަމުން އައި 20 ޕަސެންޓުގެ ޑިޔުޓީ މިހާރު ވަނީ 2028 އާ ހަމައަށް ސަސްޕެންޑުކޮށްފަ އެވެ. 

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، 2014ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން ކުރަމުން އައި މަސައްކަތް، މި ސަރުކާރުން ކާމިޔާބުކޮށްފައިވަނީ ހާރިޖީ ގޮތުން ކުރެވުނު މަޝްވަރާތަކުން ކަމަށެވެ. 

އިރުތިޝާމް ވިދާޅުވި ގޮތުގައި، ދިވެހި ކަނޑު މަހުން ނަގާ ޑިޔުޓީއަށް ލުޔެއް ހޯދަން އެކި ގޮތްގޮތަށް މަޝްވަރާތައް ކުރެވުނެވެ.

އޭގެތެރޭގައި، ޑިޔުޓީ މާފުކުރުމާއި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓެއް ގާއިމުކުރުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ސިނާރިއޯއެއް ދިވެހި ސަރުކާރުން ވަނީ މަޝްވަރާ ކުރައްވާ ދިރާސާ ކުރައްވާފައި،" އިރުތިޝާމް ވިދާޅުވި އެވެ.

މިކަމުގައި ކުރެވުނު މަޝްވަރާތަކުގައި މިވަގުތު ރާއްޖެއަށްވެސް ދަރަނިތައް އަދާކުރަން ހުރުމާއި، އިނގިރޭސިވިލާތަށްވެސް އިގްތިސާދީ ގޮންޖެހުންތަކެއް ހުރުމުން، ދެ ގައުމަށް ވެސް އެއްބަސްވެވުނީ ވަގުތީ ހައްލަކަށް ގޮސް، މުސްތަގުބަލުގައި ދާއިމީ ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، އެ މަސައްކަތް ފޮރިން މިނިސްޓްރީން އިސްވެ ކުރަމުންދާ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.