ވަތަނީ ހިދުމަތުގެ ވަންނީ ޕްރޮގްރާމު 75 ދަރިވަރުންނާއެކު ފަށަނީ

މި ޕްރޮގްރާމް ފުރިހަމަ ކުރެވެނީ ވަތަނީ ހިދުމަތް ފުރިހަމަ ކުރި ކުދިންގެ ތެރެއިން އިއުލާނުކޮށްގެން ފަންނީ ޕްރޮގްރާމަށް ކުރިމަތިލާ ކުދިންނެވެ.

ވަތަނީ ޕްރޮގްރާމްގެ ފަންނީ ޕްރޮގްރާމް ފުރިހަމަ ކުރަނީ -- ރައީސް އޮފީސް

ނޭޝަނަލް ސާވިސަސް ނުވަތަ ދިވެހި ވަތަނީ ހިދުމަތުގައި ހިމެނޭ ފަންނީ ޕްރޮގްރާމް 75 ޒުވާނުންނާއެކު އަންނަ މަހު އެއްވަނަ ދުވަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ދިވެހި ވަތަނީ ހިދުމަތުގައި ހިމެނޭ ހާއްސަ ހުނަރުތައް ދަސްކޮށް ދޭ މި ޕްރޮގްރާމުގެ ދަށުން މިއަދު ވަނީ 63 ޒުވާނުން ދަސްވެނިވެފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އިތުރު 75 ދަރިވަރުން ތަމްރީންވުމުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ. 

ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުންނަކީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. ހަތަރު މަހަށް ކުރިއަށް ދިޔަ ޕްރޮގްރާމް ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބ.ކިހާދޫގައި އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ގައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމް.އެން.ޑީ.އެފް އާއި ޑިފެންްސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފަ އެވެ. 

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުންނެވެ. 

ވަތަނީ ހިދުމަތް - ދވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤައުމިއްޔަތަށް ލޯބިކުރާ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ 31 ޖެނުއަރީން 16 މެއިއަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވި އެވެ. އޭގެތެރޭގައި، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވިއިރު، މި ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރެވެ. މި ޕްރޮގްރާމްގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ލޭންގުއޭޖް ޕްރޮފިޝަންސީއާއި ލީޑަޝިޕާއި އިސްލާމިކް ސްޓަޑީސްއާއި ފިޒިކަލް ޓްރޭނިންއާއި ވޯޓާމަންޝިޕާއި ޑްރިލްއާއި ފަސްޓް އެއިޑާއި ފަޔާ ފައިޓިންއާއި ސެލްފް ޑިފެންސް އަދި ކޭމްޕް އެކްޓިވިޓީސް އުނގަންނައިދީ ހުނަރުތައް ދަސްކޮށްދީފައި ވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.