ދެ ގަޑިއިރަށްފަހު އިންޖީނުތައް ހިންގައި ބައެއް ސަރަހައްދުތަކަށް ކަރަންޓް

ކަރަންޓް ކެނޑިގެން ދިޔައީ އަޕްގްރޭޑު މަސައްކަތެއް ކުރަނިކޮށް ދިމާވި ފަންނީ މައްސަލައަކުންނެވެ. އެހެންވެ ހުރިހާ އިންޖީނެއް ވަނީ އޮޓަމެޓިކުން ނިވިފަ އެވެ.

ހުޅުމާލެ އިންޖީނު ގޭގައި ސްޓެލްކޯ މުވައްޒަފުން މަސައްކަތް ކުރަނީ -- ސްޓެލްކޯ

ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ނެތި ދެ ގަަޑިއިރު ދިއުމަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފަށައިފި އެވެ. 

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ހުޅުމާލޭގެ 50 މެގަވޮޓްގެ ޕަވާ ޕްލާންޓްގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ދިގުމުއްދަތަކަށް ކަރަންޓުގެ ޚިދުމަތް އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި ރޭވިގެން ކުރިއަށްގެންދިޔަ ސިސްޓަމް އަޕްގްރޭޑް މަސައްކަތެއްގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެންނެވެ. 

އެ ކުންފުނިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި އެވެ.

"ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯއިން ބުނެފައިވެ އެވެ. 

މި އަޕްގްރޭޑް މަސައްކަތަށްފަހު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އިންޖީނުގޭގައި ހުރި ޖެނެރޭޓަރުތައް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮޓޮމެޓިކުން ނިވިފައެވެ. މިއާއެކު، މާލެ އަދި ހުޅުމާލޭގެ ބޮޑު ބަޔަކުން އެއްވަގުތެއްގައި ވަނީ ކަރަންޓުގެ ހި ދުމަތް މެދުކެނޑިގެން ދިޔަ އެވެ. 

ސްޓެލްކޯއިން ބުނި ގޮތުގައި ޓެކްނިކަލް ޓީމުތަކުން މިހާރު ދަނީ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް، ގްރިޑް އާންމު ހާލަތަކަށް ގެނައުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އަދި ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް ހުރިހާ ސަރަހައްދަކަށް ވެސް އަލުން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ދީފައިވެ އެވެ. އަދި މި އަޕްގްރޭޑަކީ މާލެ ސަރަހައްދުގެ ކަރަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދިގުމުއްދަތަކަށް ސިސްޓަމްގެ ސްޓެބިލިޓީ ނުވަތަ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހިގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.