ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މާލެ އާއި ހުޅުމާލޭން މީގެ އިރުކޮޅެއް ކުރިން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
"މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން ކުރިއަށްގެންދިޔަ އަޕްގްރޭޑިން މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މަސައްކަތް، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ ނިންމާލެވުނުކަން ސްޓެލްކޯއިން މިއަދު ހެނދުނު ވަނީ ފާހަގަކޮށްފަ އެވެ.