އެޗްޑީސީ އިން ބުނީ އީދުގެ ބޮޑު ޖަމާއަތް ފޭސް އެކެއްގައި އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ. އަދި ދެވަނަ ފިޔަވަހީގައި އީދުގެ ބޮޑު ޖަމާއަތް އޮންނާނީ ފޭސްދޭއްގައި ހުންނަ މަސްޖިދުލް ހަސަން އާދަމްގެ ބިއްދޮށުގައި އޮންނަ ހުސްބިމުގަ އެވެ.

މި އަހަރުގެ އަޟްޙާ އީދުގެ ނަމާދުގެ ބޮޑު ޖަމާއަތް ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއެއްގައި ބާއްވަން އެޗްޑީސީ އިން ތައްޔާރީތައް ވެއްޖެ އެވެ.
އެޗްޑީސީ އިން ބުނީ އީދުގެ ބޮޑު ޖަމާއަތް ފޭސް އެކެއްގައި އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ. އަދި ދެވަނަ ފިޔަވަހީގައި އީދުގެ ބޮޑު ޖަމާއަތް އޮންނާނީ ފޭސްދޭއްގައި ހުންނަ މަސްޖިދުލް ހަސަން އާދަމްގެ ބިއްދޮށުގައި އޮންނަ ހުސްބިމުގަ އެވެ.
އީދާ ދިމާކޮށް އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ ރައްޔިތުންނަށްޓަކައި ގިނަ ތައްޔާރީތަކެއް ކޮށްފަ އެވެ. މިގޮތުން އީދުގެ ގިނަ ކުޅިވަރުތަކެއްވެސް އޮންނާނެ އެވެ.
މި އަހަރުގެ އަޟްޙާ އީދުގެ ފާހަގަ ކުރަން ސަރުކާރު ކުންފުނިތަކުން ހިންގާ ހަރަކާތްތަކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެހެން ސަރުކާރު ހިއްސާވާ ކުންފުނިތަކައި އެމްއެންޑީއެފް އަދި ފުލުހުންނާ ގުޅިގެން ހުޅުމާލޭގައި "އީދު ހަވީރު 1447" ގެ ނަމުގައި ވަރަށް ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ވަނީ ރާވާފަ އެވެ. މި ހަރަކާތްތައް ކުރިއަށްދާނީ މެއި 27 އިން 29 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ދެ ސަރަހައްދެއްގައެވެ.