މި ދުވުމުގެ މައިގަނޑު ސްޕޮންސާ އެލައިޑް އިންޝުއަރަންސެ އެވެ. ދުވުމުގެ ތެރޭގައި ދިމާވެދާނެ އެކްސިޑެންޓްތަކަށް -/100,000 ރުފިޔާއާ ހަމައަށް އިންޝުއަރަންސް ކަވަރޭޖް ދީފައިވެ އެވެ.

އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ”އެލައިޑް ހުޅުމާލެ ރަން 2026“ ވެގެން ދިޔައީ ގިނަ ބަޔަކު ބައިވެރިވާ އެއް ދުވުމަށެވެ. މި އަހަރުގެ ރަންވެސް ގިނަ ބަޔަކާއެކު ދުވުން ނިންމާލައިފި އެވެ.
މި ދުވުން ބާއްވާފައިވަނީ ދުޅަހެޔޮ ދިރިއުޅުމަކާއި އިޖުތިމާއީ ރޫހު އާލާކުރުމުގެ މަގުސަދުގައި ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ތަފާތު އުމުރުފުރާގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މި ދުވުމުގެ މައިގަނޑު ސްޕޮންސާ އެލައިޑް އިންޝުއަރަންސްގެ ފަރާތުން ބައިވެރިންގެ ރައްކާތެރިކަމަށް އިސްކަންދީ، ރަޖިސްޓްރީވި ހުރިހާ ދުވުންތެރިންނަށް ހިލޭ "ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވާ" އެއް ވަނީ ފޯރުކޮށްދީފަ އެވެ. މީގެ ދަށުން ދުވުމުގެ ތެރޭގައި ދިމާވެދާނެ އެކްސިޑެންޓްތަކަށް -/100,000 ރުފިޔާއާ ހަމައަށް އިންޝުއަރަންސް ކަވަރޭޖް ދީފައިވެ އެވެ. އިވެންޓް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ވާދަވެރި ކެޓަގަރީތަކުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ އަގުހުރި އިނާމު ތަކެއް ހަވާލުކޮށްފައެވެ. މީގެ އިތުރުން، ދުވުމުގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 10 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް -/2,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.
21.1 ކިލޯމީޓަރު - ފިރިހެން: 1 ވަނަ: މުހައްމަދު ޝިފާޒް، 2 ވަނަ: ޔޫސުފް އިބްރާހިމް، 3 ވަނަ: ތިޓިވަތު ކޫސަކުލް
އަންހެން: 1 ވަނަ: ޕެޗަރާތު ޗްލާޑްތޯއި، 2 ވަނަ: އައިޝަތު ޖިނާނީ އިބްރާހިމް، 3 ވަނަ: އައިޝަތު ރިޝްމީ
10 ކިލޯމީޓަރު ދުވުން - ފިރިހެން: 1 ވަނަ: ހުސައިން ފަޒީލް، 2 ވަނަ: މުހައްމަދު އިރުފާން، 3 ވަނަ: ސަތަޕޯން އައްކަތަމް
އަންހެން: 1 ވަނަ: ކަންލަޔާ ސަންކައު، 2 ވަނަ: ކަމޮންވަން ކޮއެޑްނައިމޮންގްޚޮން، 3 ވަނަ: އަނާން އަހުމަދު ރަޝީދު
5 ކިލޯމީޓަރު ދުވުން - ފިރިހެން: 1 ވަނަ: އާއިޛް އަބްދުﷲ ރިފާއު، 2 ވަނަ: މޫސާ ފަވާޒް، 3 ވަނަ: މުހައްމަދު ފަސީލް
އަންހެން: 1 ވަނަ: ކްލާރާ ސަރީނާ އާސިފް، 2 ވަނަ: އައިޝަތު ރިޝްމީ، 3 ވަނަ: ކިއާރާ އަފްރާ ގާސިމް
އެލައިޑުން ވަނީ މި ދުވުން ކާމިޔާބު އިވެންޓަކަށް ހެދުމަށްޓަކައި އެލީޓް ރަނާސް މޯލްޑިވްސް، ދުވުންތެރިން، ވޮލަންޓިއަރުން އަދި އެހެނިހެން ޕާޓްނަރުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.