ނަމަވެސް މިއަދު އަނެއްކާވެސް މުސާރައަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިފަހަރު ކަނޑައަޅާފައި ވަނީ އެލްޖީއޭއިން ޑަބްލިއުޑީސީގެ މެންބަރުންގެ މުސާރަ މުރާޖައާ ކުރަން ހުށަހެޅި އަދަދުތަކެވެ.

އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައަކުން ބޮޑު ކުރުމަށްފަހު ކުޑަކޮށްފި އެވެ.
ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ކަނޑައެޅުމަށްފަހު މިދިޔަ ބުދަ ދުވަހު ޕޭ ކޮމިޝަނުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވި ސިޓީގައި އޮތީ ސިޓީތަކުގެ ރައީސުންނަށް 41،500ރ. އަދި ރަށު ރައީސުންނަށް 21،000ރ. ދިނުމަށެވެ.
ފާޑުކިޔުން އަމާޒުވުމުން ޑަބްލިއުޑީސީގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000ރ. އަށްވެސް ކުޑަކުރި އެވެ.
ނަމަވެސް މިއަދު އަނެއްކާވެސް މުސާރައަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިފަހަރު ކަނޑައަޅާފައި ވަނީ އެލްޖީއޭއިން ޑަބްލިއުޑީސީގެ މެންބަރުންގެ މުސާރަ މުރާޖައާ ކުރަން ހުށަހެޅި އަދަދުތަކެވެ.
އެއީ؛
ޑަބްލިއުޑީސީގެ ނައިބު ރައީސުންނާއި މެންބަރުންނަށް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ދިނުމަށްވެސް ނިންމާފައިވެ އެވެ. ނަމަވެސް އެންމެ ގިނަވެގެން ދެވޭނީ މަހަކު 2000ރ. އެވެ.