ޑަބްލިއުޑީސީ ރައީސުންގެ މުސާރަ ބޮޑުކޮށްފި | ސިޓީތަކުގެ ރައީސުންނަށް 41،000ރ، ރަށު 21،000ރ.

ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ކަނޑައެޅުމަށްފަހު ޕޭ ކޮމިޝަނުން ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ އަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ޑަބްލިއުޑީސީގެ މެންބަރުންނަށް ކަނޑައަޅާފައިވާ މުސާރައިގެ ތަފްސީލުތައް ބަޔާންކޮށްފައިވެ އެވެ.

މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ޑަބްލިއުޑީސީ މެންބަރުން -- ފޮޓޯ: ކައުންސިލް

އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައެއް ބޮޑުކޮށްފި އެވެ.

ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ކަނޑައެޅުމަށްފަހު ޕޭ ކޮމިޝަނުން ވަނީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ޑަބްލިއުޑީސީގެ މެންބަރުންނަށް ކަނޑައަޅާފައިވާ މުސާރައިގެ ތަފްސީލުތައް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން؛

  •  ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުން - 41،500ރ. (އަސާސީ މުސާރައަށް 33،000ރ. އަދި ލިވިން އެލަވަންސަށް 8500ރ.)
  •  ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުން - 21،000ރ. ((އަސާސީ މުސާރައަށް 16،500ރ. އަދި ލިވިން އެލަވަންސަށް 4500ރ.)

ސިޓީތަކުގެ ނައިބު ރައީސުންގެ މުސާރައަކީ 7000ރ. އެވެ. އަދި ރަށްރަށުގެ ނައިބު ރައީސުންގެ މުސާރައަކީ 6000ރ. އެވެ. އަދި ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ލިބޭނެ އެވެ.

ޑަބްލިއުޑީސީ މެންބަރުންގެ މުސާރަ ބޮޑުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެމީހުން ވެސް ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500ރ. ދިނުމަށް ވަނީ ނިންމާފަ އެވެ.

ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރަ އެތައް ގުނައަކުން ބޮޑުކުރަން ނިންމާފައިވާއިރު، މިހާރު ސިޓީތަކުގެ ރައީސުންނަށް ދެނީ މަހަކު 7000ރ. އެވެ. އަދި ނައިބު ރައީސުންނަށް މަހަކު 6500ރ. ދޭއިރު، މެންބަރުންނަށް ދެނީ މަހަކު 6000ރ. އެވެ.

ރަށްރަށުގެ ޑަބްލިއުޑީސީ ރައީސުންނަށް މިހާރު ދެނީ 6000ރ. އެވެ. ނައިބު ރައީސުންނަށް 5500ރ. ދޭއިރު މެންބަރުންނަށް ދެނީ މަހަކު 5000ރ. އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.