ފިލާފައި ވަނީ ހިޔާރޯދިގޭގައި ރޯކޮށްލި މައްސަލައިގައި ދައުވާކޮށްފައިވާ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހުބާން 29، އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހާ ބޭސްފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމުން ފިލައިފި އެވެ.
ފުލުހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.
ފިލާފައި ވަނީ ހިޔާރޯދިގޭގައި ރޯކޮށްލި މައްސަލައިގައި ދައުވާކޮށްފައިވާ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހުބާން 29، އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފުލުހުން ބުނީ ޝަހުބާން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ގުދަނުގައި ރޯވުމުގެ މިނެޓްކޮޅެއް ކުރިން ސައިކަލެއްގައި އައި މީހަކު އެގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވަނީ އާންމުވެފަ އެވެ. ރޯވެފައި ވަނީ އޭނާ އެގެއިން ނުކުތުމަށްފަހު އެވެ. އެހެންކަމުން އެގޭގައި ގަސްތުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވެ އެވެ.