ބީއެމްއެލް އިން ބުނީ ބޭންކް ހުޅުވިފައި ހުންނާނީ 28 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަަސް 2:00 ޖެހުމާ ހަމައަށެވެ.

މި އަހަރުގެ ކުރިއަށް އޮތް އީދު ބަންދުގެ 28 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކް ހުޅުވިފައި ހުންނާނީ 28 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަަސް 2:00 ޖެހުމާ ހަމައަށެވެ.
ބީއެމްއެލްއަކީ އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދޭ ކުންފުންޏެކެވެ. މީގެ ތެރޭގައި އެކައުންޓް އެކައުންޓްގައި ހުރި ބެލެންސް ބެލުމާއި، އެކައުންޓް ސްޓޭޓްމަންޓް ޗެކްކުރުމާއި ޑައުންލޯޑް ކުރުމާއި ފައިސާ ފޮނުވުން (ޓްރާންސްފާ)ގެ ހިދުމަތް ބީއެމްއެލްގެ އަމިއްލަ އެކައުންޓްތަކުގެ މެދުގައާއި، އެހެން މީހުންގެ ބީއެމްއެލް އެކައުންޓްތަކަށް އަދި ރާއްޖޭގެ އެހެން ބޭންކުތަކުގެ އެކައުންޓްތަކަށް ވަގުތުން ފައިސާ ފޮނުވުން އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވުން: އިންޓަނޭޝަނަލް މަނީ ޓްރާންސްފާ (ޓީޓީ) ގެ ހިދުމަތް އޮންލައިންކޮށް ހޯދުން ހިމެނެ އެވެ. މީގެ އިތުރުންވެސް ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ.