ހުޅުމާލޭ އިންޖީނުގޭގެ ބޮޑު އަޕްގްރޭޑެއް | ހޮނިހިރު ބައެއް ގަޑިތަކުގައި ނިވާލާނެ

މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

ސްޓެލްކޯގެ އިންޖީނުގެއެއް --

ސްޓެލްކޯ އިން މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހޮނިހިރު ދުވަހުގެ ބައެއް ގަޑިތަކުގައި އިންޖީނު ނިވާލާނެ އެވެ. 

ސްޓެލްކޯއިން ބުނީ މިގޮތުން، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވާ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި މަސައްކަތް ފުރިހަމަކުރުމަށްޓަކައި 23 މޭ 2026 ވާ ހޮނިހިރު ދުވަހުގެ ފަތިހު 03:00 އިން ހެނދުނު 08:00 އަށް ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ބޭނުންކުރާ މިންވަރު އުފެއްދޭ މިންވަރަށްވުރެ އިތުރުވެއްޖެނަމަ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ އެވެ.

އިންޖީނުގެ އަޕްގްރޭޑް ރޭވިފައިވާ ގޮތް

  •  23 ވާ ހޮނިހިރު ދުވަހު
  •  ފަތިހު 3:00 އިން ހެނދުނ 8:00 އަށް

"މި ވަގުތަކީ ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަދު ވަގުތު ކަމަށްވާތީ، ޚިދުމަތަށް ކުރާނެ އަސަރު ކުޑަވާނެ އެވެ. ކުންފުނީގެ އަމާޒަކީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި ވީއެންމެ އަވަހަކަށް ހިދުމަތް އާންމު ހާލަތަށް ގެނައުމެވެ،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު ކަރަންޓު ކަނޑާލަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މަޢުލޫމާތު އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ މަންސަތަކުން ވަގުތުން ހިއްސާކުރަމުންދާނެ އެވެ. މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވަމެވެ.

"ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލި ނަމަވެސް، އެ ވަގުތުތަކުގައި މާލެއާއި ހުޅުމާލެއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގައި ހުންނާނެ. އެހެން ކަމުން އެ ގަޑީގައި އެއްވެސް ތަނަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ކުޑަ. އެހެން ނަމަވެސް، އެ ވަގުތު މާލެ އާއި ހުޅުމާލޭގެ ބޮޑު އިންޖީނަކަށް ކަމެއް ދިމާވެއްޖެ ހާލަތެެއްގައި، ލޯޑް މެނޭޖްކުރުމަށްޓަކައި، ބައެއް ތަންތަނުން ކަރަންޓު ކަނޑާލަންޖެހުމުގެ ފުރުސަތު އޮންނާނެ،" ސްޓެލްކޯއިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.