ގަދަ ވަޔާއެކު ކަނޑުތައް ގަދަ، ހާއްސަކޮށް މިރެޔާ މާދަމާ ވަރަށް ގަދަވާނެ

"މި ވިއްސާރައިގައި މިރެއާއި މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އާންމުވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވޭ. އަދި ވާރޭވެހި ގުގުރާނެ ކަމަށްވެސް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިރެޔާއި މާދަމާ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑު ބަޔަކަށް ވިއްސާރަ ކޮށްފައިވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައި ވަނީ އއ. ތޮއްޑޫ އަށެވެ. އެރަށަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 

"މި ވިއްސާރައިގައި މިރެއާއި މާދަމާ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އާންމުވައި ގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ބެލެވޭ. އަދި ވާރޭވެހި ގުގުރާނެ ކަމަށްވެސް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

އެހެންކަމުން ކަނޑުދަތުރުކުރާއިރު ހާއްސަކޮށް މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓުން މިއަދު ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

އަދި މ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް އެލާޓް ނެރެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.