ނޯވޭގެ ނޫސްވެރިއަކު ސުވާލެއްކޮށްގެން ފޭސްބުކް އެކައުންޓް ސަސްޕެންޑްކޮށްފި

ލީންގް މިކަން ހާމަކޮށްފައިވަނީ އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އިންސްޓަގްރާމް ނުވަތަ ފޭސްބުކް މެދުވެރިކޮށް އަޅުގަނޑާ ގުޅަން އުޅޭނަމަ ބުނަން އޮތީ ދެ އެކައުންޓް ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ނޯވޭ އަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސުވާލުކޮށްގެން ސަމާލުކަން ހޯދި ނޯވޭގެ ނޫސްވެރިޔާ ހެލެ ލީންގްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް ސަސްޕެންޑްކޮށްފި އެވެ. 

ލީންގް މިކަން ހާމަކޮށްފައިވަނީ އެކްސް ގައި ކުރި ޕޯސްޓެއްގަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އިންސްޓަގްރާމް ނުވަތަ ފޭސްބުކް މެދުވެރިކޮށް އަޅުގަނޑާ ގުޅަން އުޅޭނަމަ ބުނަން އޮތީ ދެ އެކައުންޓް ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. 

"އަޅުގަނޑު ބޭނުންވީ ވީހާވެސް ގިނަ އިންޑިއާ މީހުންނަށް ޖަވާބުދޭން، ނަމަވެސް މިހާރު އަޅުގަނޑުގެ ޖަވާބުތައް ލަސްވާނެއެވެ. އުންމީދު ކުރަނީ އެކައުންޓްތައް އަނބުރާ ލިބޭނެ ކަމަށް،" މެޓާ ޓެގްކޮށް އޭނާ ލިޔެފައިވެ އެވެ. އެކައުންޓްތައް ސަސްޕެންޑް ކުރި ސަބަބެއް ނޭނގޭ ކަމަށް ނޫސްވެރިޔާ ބުންޏެވެ.

"އަޅުގަނޑުގެ އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓް ސަސްޕެންޑްވީ ކީއްވެގެންކަން އެނގޭ މީހަކު ކިޔައިދީފާނަންތޯ ؟ އަޅުގަނޑު މިބަލަނީ އެއީ ޓޫ-ސްޓެޕް ވެރިފިކޭޝަން އެހެން ބަޔަކު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދިމާވި ކަމެއް ތޯ ނުވަތަ އެހެން ކަމެއްތޯ އެވެ. އަދި އެކައުންޓްތައް އަނބުރާ ލިބިއްޖެނަމަ އެ ރައްކާތެރިކުރާނެ ގޮތުގެ ލަފައެއް ދެވޭނެ މީހަކު އެބަހުރިތޯ؟" އޭނާ ޕޯސްޓް ކުރިއެވެ.

މީގެ ކުރިން ލީންގް ވަނީ ބޮޑުވަޒީރު މޯދީއަށް ކޮށްފައިވާ ސުވާލަކީ ދުނިޔޭގެ އެންމެ މިނިވަން ނޫސްވެރިކަން އޮތް ގައުމުގެ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެއްވަނީ ކީއްވެގެން ތޯ" އަހައި ވައިރަލްވި ސުވާލެކެވެ. ފަހުން އޭނާ ވަނީ އެ ބައްދަލުވުމުގެ ވީޑިއޯ އެކްސްގައި ހިއްސާކޮށްފަ އެވެ. 

މި ޕޯސްޓަށް ފަހުން ނޯވޭގައި ހުންނަ އިންޑިއާ އެމްބަސީން ޖަވާބުދީ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅޭގޮތުން ބާއްވާ ޕްރެސް ބްރީފިންއަކަށް އޭނާ އަށް ދައުވަތު ދިނެވެ. 

"މިރޭ 9:30 ގައި ރެޑިސަން ބްލޫ ޕްލާޒާ ހޮޓެލްގައި ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭގޮތުން އެމްބަސީން ޕްރެސް ބްރީފިންއެއް ބާއްވަނީ. ވަޑައިގެން ސުވާލުތައް ކުރެއްވުމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން."

އެ ބްރީފިންގައި ލީންގް ސުވާލުކުރި އެވެ "އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިތުބާރު ކުރަންވީ ކީއްވެގެން ތޯ؟ ތިޔަ ގައުމުގައި ހިނގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުން ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވަފާނަން ތޯ؟ އިންޑިއާގެ ނޫސްވެރިން ކުރާ ފާޑުކިޔުމުގެ ސުވާލު ތަކަށް ބޮޑުވަޒީރު ޖަވާބުދެއް ވަން ފަށްޓަވާނެ ތޯ؟"

އޭނާގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ (ވެސްޓް) ސިބީ ޖޯޖް ވަނީ އިންޑިއާގެ ޑިމޮކްރެޓިކް އޮނިގަނޑާއި ގާނޫނު އަސާސީގެ އަގުތަކާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. މި ބަހުސުގެ ތެރޭގައި ޖޯޖް ފެނުނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުންނެވި ތަނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.