ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަނގުރާމައާއެކު މި އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު % 5.2 ވަނީ ދަށްވެފަ އެވެ.

ހަނގުރާމައާއެކު މި އަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު % 5.2 ދަށްވެއްޖެ އެވެ،
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އަށް ޖުމްލަ 931,651 މީހުން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 882,875 މީހުންނެވެ. މިއީ ގާތްގަނޑަކަށް 48,000 އެއްހާ ޓޫރިސްޓުން ދަށްވުމެކެވެ.
މި އަހަރުގެ ފެށުން ފެނުނީ ވަރަށް އުންމީދީ ގޮތަކަށެވެ. ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ އަދަދު 5.0 އިންސައްތަ ކުރިއެރުމެއް ހޯދި އެވެ. އަދި ފެބުރުވަރީ މަހު އެ އަދަދު ވަނީ 15.7 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އަދި ފެބުރުވަރީ މަހު އެކަނި ވެސް 254,556 މީހުން ރާއްޖެ އަށް ޒިޔާރަތްކުރިއެވެ.
ނަމަވެސް، މާރޗް މަހުން ފެށިގެން މާކެޓަށް ބޮޑު ލޮޅުމެއް އައިސްފައިވެއެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު 207,707 މީހުން އައިއިރު، މިއަހަރު އެ އަދަދު ވަނީ 20.7 އިންސައްތަ ދަށަށްގޮސް 166,616 އަށް ވެއްޓިފައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު އައި މީހުންގެ އަދަދު ވަނީ 24.4 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މި އަހަރުގެ މެއި މަހުގެ މިހާތަނަށް ފެންނަނީ 8.4 އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރު ޖުމްލަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ކްރޫޒް ޝިޕްތަކުގައި ރާއްޖެ އަށް އައި ފަސިންޖަރުންގެ އަދަދުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު 5,623 ކްރޫޒް ފަސިންޖަރުން އައިއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 13,808 އަށް އަރާފަ އެވެ. މިއީ 100 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެކެވެ. ހާއްސަކޮށް ފެބުރުވަރީ މަހު އެކަނި ވެސް 5,237 ކްރޫޒް ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.