މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ ބަހުސަށް 50 މިނެޓު، ދިފާއުވާން 10 މިނެޓު

މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން، ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ހުށަހަޅާފައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ހިނގާނީ ޖުމްލަ އެއް ގަޑިއިރަށް ކަމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ. 


ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޕީއެންސީގެ 73 މެމްބަރުންގެ ސޮއި އާ އެކު އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، މަޖިލީހަށް ޖަވާބުދާރީވާން އެ ޖަލްސާގައި ނާޒިމަށް 10 މިނެޓު އަދި މެންބަރުން ބަހުސް ކުރުމަށް 50 މިނެޓް ކަނޑައެޅުމަށެވެ.

އަދި އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކޮންމެ މެމްބަރަކަށް ގިނަވަގެން 3 މިނެޓު ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.  

ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތާ އެކު އެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ. 

މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.