މާލީ ބަޣާވާތުގެ މައްސަލަ ފައިލްކޮށްފި

އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެއީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެ، ބަޣާވާތެއް ކުރަން ނިންމި ނިންމުމެއް ކަމަށެވެ.

ފުލުހުންގެ އިދާރާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމި ނިންމުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް "މާލީ ބަޣާވާތެއް" ކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ތަހުގީގުކުރަން ފެށި މައްސަލަ ފައިލްކޮށްފި އެވެ.

އޮގަސްޓް 25، 2024 ގައި ބޭންކުން ގެންނަން ނިންމި ބަދަލަކީ ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބުމެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. 

ނަމަވެސް ޝަކުވާ ބޮޑުވުމާއެކު ހަމައެދުވަހު އެ ނިންމުން ވަނީ ބީއެމްއެލް އިން ބަދަލުކޮށްފަ އެވެ.

އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެއީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެ، ބަޣާވާތެއް ކުރަން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ ސަރުކާރާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ބޭންކުން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި އޭރު ބޭންކުގައި ހުރި ސީއީއޯވެސް ވަނީ އިސްތިއުފާ ދީފަ އެވެ.

އެ މައްސަލަ ފައިލްކޮށްފައިވާކަން އެނގުނީ، މައްސަލަ މިހާރު އޮތް ހިސާބެއް ހޯދުމަށް އާންމުންގެ މީހަކު އާރްޓީއައި މެދުވެރިކޮށް ޖަވާބު ހޯދަން ފުލުހުންނަށް ހުށަހެޅުމުންނެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހު ފުލުހުން އާރްޓީއައި މެދުވެރިކޮށް ދިން ޖަވާބުގައި ބުނެފައި ވަނީ ބީއެމްއެލްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމާއެކު މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.