ކަނޑުހޮހޮޅައިގެ މަރު | ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް ނަގައިފި

މިހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުން --

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ދެވަނަ ކަނޑު ހޮހޮޅައަށް ޑައިވްކުރި ފަސް ޓޫރިސްޓުންގެ ތެރެއިން ނުނަގާ ތިބި ދެ މީހުންގެ ހަށިގަނޑުވެސް ނަގައި، ރިކަވަރީ އޮޕަރޭޝަން މިއަދު ނިންމާލައިފި އެވެ.

ދުނިޔޭގެ ސަމާލުކަން އިންތިހާ އަށް ލިބިގެން ގޮސްފައިވާ ދެކުނު ކަނޑު ކަނޑުހޮހޮޅަގައި މަރުވެފައިވާ އިޓަލީގެ ޓޫރިސްޓުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކޮށްފައި ވަނީ އިޓަލީ ސަރުކާރުން ހަމަޖައްސައިދިން ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާއި ދިވެހި ސިފައިން ގުޅިގެންނެވެ. 

މިއަދު ހޮހޮޅައިން ނަގާފައި ވަނީ ޖޯޖިއާ ސޮމެކަލް އަދި މުރީލް އޮޑޭނިއޯގެ ހަށިގަނޑެވެ. މީގެ ތެރެއިން ޖޯޖިއާ އަކީ އެ ހޮހޮޅައަށް ޑައިވްކުރި މެރިން ބައޮލޮޖިސްޓް އަދި ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯނޭގެ ދަރިފުޅެވެ.

ދިވެހި ސަރުކާރުން ބުނީ އެމީހުންގެ ހަށިތައް އިޓަލީއަށް ފޮނުވުމަށް އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މި އޮޕަރޭޝަނުގައި އިއްޔެ ވަނީ މޮނިކާގެ ހަށިގަނޑުގެ އިތުރުން މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ފެޑެރިކޯ ގުއަލްޓިއޭރީގެ ހަށިގަނޑު ނަގައިފަ އެވެ. މި ހަތަރު މީހުންވެސް ނަގާފައި ވަނީ އެ ހޮހޮޅައިގެ އެންމެ ފުނުން، ތިންވަނަ ބައިންނެވެ.

މި ހާދިސާ ހިނގި ދުވަހު އެ މީހުން ގޮވައިގެން ޑައިވިނަށް ދިޔަ ޑައިވިން އިންސްޓްރެކްޓަރުގެ ހަށިގަނޑު ވަނީ ނަގާފަ އެވެ. އެމީހާގެ ހަށިގަނޑު ނަގާފައިވަނީ ކަނޑު ހޮހޮޅައިގެ ފުރަތަމަ ބައިން، ދިވެހި ސިފައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.