ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ހިންގަމުންދިޔަ އެ ސްޓޭޝަނަށް ވަދެ، ފުލުހުން ވަނީ ގިނަ އަދަދެއްގެ ސާމާނު ވެސް ގެންގޮސްފަ އެވެ.

ސްރީ ލަންކާގައި ހުއްދަ ނެތި ޓީވީ އަދި ރޭޑިއޯ ސްޓޭޝަނެއް ހިންގާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ސްރީލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެ އެވެ.
ނަމަވެސް، ހައްޔަރުކުރި މީހުންގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ލަންކާގެ މުވާސަލާތީ އިދާރާތަކާ ގުޅިގެން، ސްރީލަންކާގެ މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެތަނަށް ވަދެފައިވަނީ ސަލާމަތީގޮތުން ވަރުގަދަ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ގަވާއިދާ ހިލާފަށް އެ ސްޓޭޝަން ހިންގާތީ އެވެ.
ޓްރެވަލް ކުންފުންޏެއްގެ ނަމުގައި ހިންގަމުންދިޔަ އެ ސްޓޭޝަނަށް ވަދެ، ފުލުހުން ވަނީ ގިނަ އަދަދެއްގެ ސާމާނު ވެސް ގެންގޮސްފަ އެވެ.