ވޯލްޑް ޓްރެވަލް އެވޯޑް މި އަހަރު ރާއްޖޭގައި

އެވޯޑު ދިނުމަށް ބާއްވާ ހަފްލާ އޮންނާނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއާ ކަނޑު ސަރަހައްދުގެ ގާލާ ސެރެމަނީ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ވިޒިޓް މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ތިން ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުންތައް ފާހަގަކޮށް އެވޯޑު ދިނުމަށް ބާއްވާ ހަފްލާ އޮންނާނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

މި ބޮޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި "މަލްޓި-އައިލެންޑް އިންޓަގްރޭޓެޑ ލައިފްސްޓައިލް ރިސޯޓް" ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. ގުޅިފައިވާ ހަތަރު ރަށެއްގެ މައްޗަށް އެކުލެވޭ ކްރޮސްރޯޑްސް އަކީ ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ/ މޯލްޑިވްސް ހިމެނޭހެން، ދުނިޔޭގެ ފެންވަރުގެ ކެއިންބުއިމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް އެއްތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

މި ރިސޯޓަކީ އޭޝިއާ، އެފްރިކާ އަދި މެދުއިރުމަތި ގުޅުވައިދޭ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ރާއްޖެ އޮތް މުއްސަނދި ތާރީޚުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ ތަނެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވި ގޮތުގައި، މި ތިން ސަރަހައްދުގެ ވަނަތައް ހާސިލުކުރާ ފަރާތްތައް އެއް ހަފްލާއަކަށް ރާއްޖެއަށް ގެނައުމަކީ، ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުޞަތެކެވެ. އަދި ކްރޮސްރޯޑްސް އަކީ ފަތުރުވެރިކަމުގެ މުސްތަޤުބަލު ބައްޓަންކުރާ އައު އީޖާދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސައި ލެގޫން މޯލްޑިވްސް އަދި ކްރޮސްރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގާ ވިދާޅުވީ، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި އެވޯޑް ހަފުލާއެއް އެތަނުގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި މިއީ ތަފާތު ތަޖުރިބާތައް އެއް މަންޒިލަކުން ފޯރުކޮށްދިނުމަށް ގެންގުޅޭ ތަސައްވުރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތް ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި މި ދާއިރާގެ އިސްވެރިންނަށް މަރުޙަބާ ކިޔުމަށް ރާއްޖެއިން އޮތީ ކެތްމަދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާއެއް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ވެސް ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ހާސިލުކޮށްފައެވެ. އެގޮތުން ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވޭތުވެދިޔަ ހަ އަހަރު ޖެހިޖެހިގެން ރާއްޖެއިން ވަނީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ ޝަރަފުވެރި ލަގަބު ހާސިލުކޮށްފައެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.