ބީއެމްއެލް އިން ސާފިން އެސޯސިއޭޝަންއާއެކު އެއްބަސްވުމެއް

މި ޕާޓްނަޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެއެވެ.

ސާފިން އޭސިއޭޝަން އާއި ބީއެމްއެލްއިން ސޮއި ކުރަނީ

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމެންޓް ޕާޓްނަރގެ ގޮތުގަ ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެއެވެ. އަދި ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއަ ސާފިން ޗެމްޕިއަންޝިޕް" އަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން އެމްއެސްއޭ އާއެކު ފުރަތަމަ ޕާޓްނަރޝިޕް ގާއިމުކުރީ 2022 ވަނަ އަހަރުގައެވެ. އަދި 2024 ވަނަ އަހަރު އެއްބަސްވުމުގެ މުއްދަތު، އިތުރު ދެ އަހަރަށް އިތުރުކޮށްފައި ވެއެވެ. 

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ގާއިމުކުރާ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ޒަރިއްޔާއިން، މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބޭންކުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން "ސްޕޯޓްސް ސްކޮލަރޝިޕް" ޕްރޮގްރާމެއް ވެސް ހިންގައެވެ. މި ސްކޮލަރޝިޕް އެންމެ ފަހުން ލިބިފައިވަނީ ސަރފިންގ ދާއިރާގެ އެތްލީޓަކަށެވެ. މި ސްކޮލަރޝިޕްގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި އިންޑޮނޭޝިއާ، ޖަޕާން އަދި ފިލިޕީންސްގައި މަތީ ފަންތީގެ ތަމްރީނުތައް ފުރިހަމަކުރާނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.