ނާޒިމް ވަކިކުރާ މައްސަލައިގެ ކޮމެޓީ މިއަދު ހަވީރު

ނާޒިމްގެ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ އާންމު ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައެވެ. އެ މައްސަލަ ފިޔަވައި އެއްވެސް މަސައްކަތެއް ކުރުމަށް ނިންމާފައެއް ނެތެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތް މައްސަލަ، މަޖިލީހުގެ އާންމު ކޮމެޓީން މިއަދަށް ތާވަލުކޮށްފި އެވެ.

ނާޒިމް ވަކި ކުރަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި އޭނާ ވަކި ކުރަން ނިންމީ ސަރުކާރާ ދެކޮޅަށް ހިނގާ ކަންކަމުގެ ފަހަތުގައި ނާޒިމް ހުރި ކަމަށް ތުހުމަތު ކޮށެވެ.

މަޖިލީހުގެ މަސައްކަތްތައް ނުނިމޭ ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވަނީ މި ހިނގާ ފުރަތަމަ ދައުރު، މި މަހުގެ ނިޔަލަށް ދަންމާލަން ނިންމާފަ އެވެ. ނަމަވެސް މި ހަފުތާ އެއްވެސް ޖަލްސާއެއް ނުބާއްވައި، މިއަދަށް ވަނީ ނާޒިމްގެ މައްސަލަ ކޮމެޓީގައި ތާވަލުކޮށްފަ އެވެ.

ނާޒިމްގެ މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ އާންމު ކޮމެޓީގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައެވެ. އެ މައްސަލަ ފިޔަވައި އެއްވެސް މަސައްކަތެއް ކުރުމަށް ނިންމާފައެއް ނެތެވެ.

މިދިޔަ ކައުންސިލް އިންތިހާބުން ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ނާޒިމް ވަނީ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީން ވަކި ކޮށްފަ އެވެ. އެއީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެވެ.

އެކަމާ ގުޅިގެން ނާޒިމް ވިދާޅުވެފައިވާ ގޮތުގައި އެއީ އެނާ އަށް ވަގުތު ނުދެވޭތީ ނިންމި ނިންމުމެއް ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން ވެސް ވަނީ ނާޒިމް ބޭރުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.