ގައުމުން ބޭރުގެ ގައިދީންތަކެއް ބަރުމާއިން މިނިވަންކޮށްފި

މިދިޔަ އަހަރުގެ ބަޣާވާތަށް ފަހު މިޔަންމާގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާއިރު، ޖެނެރަލުން ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންގް ސަން ސޫކީ ހިމެނޭ ގޮތަށް ލީޑަރުން ހައްޔަރު ކޮށްފަ އެވެ.

އަސްކަރިއްޔާއިން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާގެ ޕްރޮފެސަރު މިއަންމާގެ އަސްކަރިޔާގެ ބެލުމުގެ ދަށުން ކޮވިޑަށް ޓެސްޓް ކުރަނީ -- އަލްޖަޒީރާ

ގައިދީންނަށް މާފު ދިނުމުގެ ތެރެއިން މިޔަންމާގެ އަސްކަރިއްޔާއިން އޮސްޓްރޭލިއާ އިލްމުވެރިޔަކާއި ޖަޕާނުގެ ފިލްމު އުފައްދާ މީހަކާއި އިނގިރޭސިވިލާތުގެ ކުރީގެ ޑިޕްލޮމޭޓަކު ދޫކޮށްލައިފި އެވެ.

މިއަދު "ވޮއިސް އޮފް މިޔަންމާ" އާއި "ޔަންގޮން" މީޑިއާ ގްރޫޕަށް މައުލޫމާތު ދެއްވަމުން އަސްކަރިއްޔާގެ މޭޖަ ޖެނެރަލް ޒޯ މިން ޓަން ވިދާޅުވީ ޝޯން ޓަނެލް، ޓޯރޫ ކުބޯޓާ އަދި ވިކީ ބައުމަންގެ އިތުރުން އެމެރިކާގެ ނަން ނޭނގޭ ރައްޔިތަކު ދޫކޮށްލާފައިވާ ކަމަށެވެ.

ސިޑްނީގެ މެކުއަރީ ޔުނިވާސިޓީގެ އިކޮނޮމިކްސްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ޓާނެލް، 58، އަކީ މިއަންމާގެ އިންތިހާބުވި ލީޑަރު އަންގް ސަން ސޫކީގެ އިގްތިސޯދީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފެބްރުއަރީ 2021 ގައި އަސްކަރިއްޔާއިން ބަޣާވާތެއްގައި ވެރިކަން ހިފެހެއްޓިތާ މާގިނަ އިރުތަކެއް ނުވެ ޔަންގޮންގެ ހޮޓަލެއްގެ ތެރެއިން އޭނާ ހައްޔަރު ކުރި އެވެ. އަދި އެގައުމުގެ ރަސްމީ ސިއްރުތަކާއި އިމިގްރޭޝަންގެ ގާނޫނުތަކާ ހިލާފުވި ކަމަށް ނިންމައި ތިން އަހަރަށް ޖަލަށްލުމަށް މިދިޔަ ސެޕްޓެމްބަރު މަހު ހުކުމް ކޮށްފައިވެ އެވެ.

ޓޯކިޔޯގައި ދިރިއުޅޭ އުމުރުން 26 އަހަރުގެ ޑޮކިއުމެންޓްރީ ފިލްމު އުފައްދާ ކުބޯޓާ ވަނީ މިދިޔަ އަހަރު އަސްކަރިއްޔާއިން ވެރިކަން ހޯދުމާ ދެކޮޅަށް މުޒާހަރާއެއްގެ ފޮޓޯތަކާއި ވީޑިއޯތައް ނަގާފަ އެވެ. އޭނާ ހައްޔަރު ކުރީ ޖުލައި 30 ވަނަ ދުވަހު ޔަންގޮންއިންނެވެ. އޭނާގެ މައްޗަށް ކުރީ މުޒާހަރާގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެނާ އަށް ހުކުމް ކުރީ 10 އަހަރަށް ޖަލަށްލާށެވެ.

ކުރީގެ ސަފީރެއް ކަމަށްވާ ބައުމަން، 56، މިޔަންމާގެ ރައްޔިތެއް ކަމަށްވާ ފިރިމީހާއާއެކު މިދިޔަ އޮގަސްޓް މަހު ޔަންގޮންގައި ހުއްޓާ ހައްޔަރު ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ ބަޣާވާތަށް ފަހު މިޔަންމާގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާއިރު، ޖެނެރަލުން ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަންގް ސަން ސޫކީ ހިމެނޭ ގޮތަށް އާންމުންގެ ލީޑަރުން ހައްޔަރު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.