މިއަހަރުގެ އަމީރުލް ހައްޖަކީ މިނިސްޓަރު ސައީދު

އަމީރުލް ހައްޖަކީ ދިވެހި ހައްޖާޖީންގެ ކަންކަން ބެލެހެއްޓުމަށް އެންމެ އިސްކޮށް ހުންނަވާ ފަރާތެކެވެ. އަމީރު ހައްޖު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސަވައިފި އެވެ.

އަމީރުލް ހައްޖަކީ ދިވެހި ހައްޖާޖީންގެ ކަންކަން ބެލެހެއްޓުމަށް އެންމެ އިސްކޮށް ހުންނަވާ ފަރާތެކެވެ. އަމީރު ހައްޖު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. 

މިއަހަރު ރާއްޖޭން ހައްދާ މީހުންގެ ފަހު ގުރޫޕު މިއަދު ވަނީ ފުރައިފަ އެވެ. ހައްޖަށް ދިޔަ މީހުން އުފުލާފައި ވަނީ މޯލްޑިވިއަން އާއި  ސައުދީ އެއާލައިންގެ ފްލައިޓުގަ އެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މި ރޫޓުން ދަތުރުކުރާއިރު ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިލެވޭނެ އެވެ. 

އަދި ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދިޔުމުގެ އިތުރުން، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.