ރާއްޖޭން އިނގިރޭސިވިލާތް އަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ 20% ގެ ކަސްޓަމްސް ޑިއުޓީ ކަނޑާލުމަށް ނުވަތަ ކުޑަކުރުމަށް ދިވެހި ސަރުކާރުން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ރާއްޖޭން އިނގިރޭސިވިލާތަށް އެތެރެކުރަން ކަނޑުމަހުގެ ބާވަތްތަކުން ޑިއުޓީއަށް ހެޔޮ ބަދަލެއް އެ ގައުމުން ގެނެސްފި އެވެ.
މިރާ އަށް އެނގިފައިވާ ގޮތުގައި އިނގިރޭސިވިލާތަށް ރާއްޖޭން އެތެރެކުރާ މަހުން ނަގަމުން ގެންދާ ޑިއުޓީއަށް ގެނެސްފައިވާ ބަދަލު ސަރުކާރުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރާނެ އެވެ. ނަމަވެސް ޔޫކޭއަށް ރާއްޖޭން އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލީ ކަމެއް ނުވަތަ ކުޑަ ކުރީ ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ސަރުކާރުން ވެއސް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖޭން އިނގިރޭސިވިލާތް އަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ 20% ގެ ކަސްޓަމްސް ޑިއުޓީ ކަނޑާލުމަށް ނުވަތަ ކުޑަކުރުމަށް ދިވެހި ސަރުކާރުން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް، ހާއްސަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ކަނޑުމަހަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތެވެ.
އިނގިރޭސިވިލާތަށް އެތެރެ ކުރާ ދިވެހި މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް އެ ގައުމުގެ ސަރުކާރާ އެކު ފޮރިން މިނިސްޓްރީން ކުރިންވެސް ވަނީ މަޝްވަރާތަކެއްކޮށްފަ އެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވާވެސް މަަޝްވަރާކުރި އެވެ. ނަމަވެސް ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.
މަހުގެ ޑިއުޓީއަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ދަނީ ޔޫކޭއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރަމުންނެވެ.
ރާއްޖޭން ޔޫކޭ އަށް އެކްސްޕޯޓްކުރާ މަހުގެ މައުލޫމާތަށް ބަލާއިރު ޔޫކޭއަކީ ވިލާތުގެ ބާޒާރުގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް، ހާއްސަކޮށް ބޮޑު އަގުލިބޭ ވެލިއު-އެޑެޑް ނުވަތަ ތައްޔާރީ މަހުގެ ބާވަތްތަކަށް ވަރަށް މުހިންމު އަދި ކުރިއަރަމުން އަންނަ ބާޒާރެކެވެ.