ކަނޑު ހޮހޮޅައިގެ ޑައިވް | ދެ ޓޫރިސްޓުންގެ ހަށިގަނޑު ނަގައިިފި

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ދެވަނަ ކަނޑު ހޮހޮޅައަށް ޑައިވްކުރި އިޓަލީ ދެ ޓޫރިސްޓުންގެ ހަށިގަނޑު މައްޗަށް ނަގައިފި އެވެ.

ޑައިވަރުން ނެގުމުގެ މަސައްކަތް ކުރާ މީހުން ތިބި ދޯންޏެއް -- ފީއެސްއެމް

ވ. އަތޮޅުގެ އަލިމަތާ ކައިރީގައި އޮންނަ ދެވަނަ ކަނޑު ހޮހޮޅައަށް ޑައިވްކުރި އިޓަލީ ދެ ޓޫރިސްޓުންގެ ހަށިގަނޑު މައްޗަށް ނަގައިފި އެވެ. 

ދުނިޔޭގެ ސަމާލުކަން އިންތިހާ އަށް ލިބިގެން ގޮސްފައިވާ ދެކުނު ކަނޑު ކަނޑުހޮހޮޅަގައި މަރުވެފައިވާ އިޓަލީގެ ޓޫރިސްޓުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރަނީ ދިވެހި ސަރުކާރުން އެދިގެން އިޓަލީ ސަރުކާރުން ހަމަޖައްސައިދިން ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާއި ދިވެހި ސިފައިން ގުޅިގެންނެވެ. 

މި އޮޕަރޭޝަންގައި ހަރަކާތެރިވާ ޑޭން ޔޫރަޕް އިން ބުނީ ހަށިތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ، މަސައްކަތް ކުރެވޭނެ ވަގުތުތައް މަދުވުމާއި އިންތިހާއަށް ސަމާލުކަން ދީގެންނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެ ސަރަހައްދުގެ މާހައުލު އަދި ވެސް އޮތީ ވަރަށް ނުރައްކާތެރި އަދި ކޮމްޕްލެކްސް ހާލަތެއްގައިކަމަށް ބުނެފައިވެ އެވެ.  

ޑޭން ޔޫރަޕުން ބުނީ މި ޓީމުން މަސައްކަތް ކުރަމުންދަނީ ދިވެހި ސިފައިންގެ ޑައިވަރުންނާއި އެ ސަރަހައްދުގެ މާހައުލު ވަރަށް ރަނގަޅަށް ދަންނަ، އަދި މި މިޝަން ކާމިޔާބުކުރުމުގައި އެމީހުންގެ އެހީތެރިކަން އިންތިހާ އަށް މުހިންމުވާ ދިވެހި ޑައިވަރުންނާއެކުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.