ޓޫރިސްޓުންގެ ހަށިތައް ނަގަން ތައްޔާރުވާއިރު، ކަނޑުހޮހޮޅަ އޮތީ ނުރައްކާތެރިކޮށް

ތަޖުރިބާކާރުން ބުނީ މި އޮޕަރޭޝަން ކުރިއަށްދަނީ ދިވެހި ސިފައިންގެ ޑައިވަރުންނާއި އެ ސަރަހައްދުގެ މާހައުލު ވަރަށް ރަނގަޅަށް ދަންނަ، އަދި މި މިޝަން ކާމިޔާބުކުރުމުގައި އެމީހުންގެ އެހީގަ އެވެ.

ސާޗް ޑައިވްގައި ބައިވެެރިވި ތިން ތަޖުރިބާކާރުން

ފީނުމުގައި އުޅެނިކޮށް މަރުވެފައިވާ އިޓަލީގެ ފަސް ޓޫރިސްޓުންގެ ހަށިތައް ނަގަން ދުނިޔޭގެ އެންމެ ކުޅަދާނަ ތަޖުރިބާކާރުންނާއި ސިފައިން ތައްޔާރުވާއިރު، ކަނޑުހޮހޮޅަ އޮތީ ނުރައްކާތެރި ހާލެއްގައި ކަމަށް ބުނެފި އެވެ. 

ދުނިޔޭގެ ސަމާލުކަން އިންތިހާއަށް ލިބިގެން ގޮސްފައިވާ ދެކުނުކަނޑު ކަނޑުހޮހޮޅަ ހާދިސާގައި ހަރަކާތެރިވާ ޑޭންޔޫރަޕް އިން ބުނީ ހަށިތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ، މަސައްކަތް ކުރެވޭނެ ވަގުތުތައް މަދުވުމާއި އިންތިހާ އަށް ސަމާލުވުމުގެ ސިޔާސަތެއްގެ ދަށުންނެވެ. އަދި އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެ ސަރަހައްދުގެ މާހައުލު އަދިވެސް އޮތީ ވަރަށް ނުރައްކާތެރި އަދި ކޮމްޕްލެކްސް ހާލަތެއްގައިކަމަށް ބުނެފައިވެ އެވެ.  

ޑޭން ޔޫރަޕުން ބުނީ މި ޓީމުން މަސައްކަތް ކުރަމުންދަނީ ދިވެހި ސިފައިންގެ ޑައިވަރުންނާއި އެ ސަރަހައްދުގެ މާހައުލު ވަރަށް ރަނގަޅަށް ދަންނަ، އަދި މި މިޝަން ކާމިޔާބުކުރުމުގައި އެމީހުންގެ އެހީތެރިކަން އިންތިހާއަށް މުހިންމުވާ ދިވެހި ޑައިވަރުންނާއެކުގަ އެވެ. 

ޓޫރިސްޓުން ގެއްލުނު ކޭވް އޮންނަ ގޮތް ދައްކުވައިދޭ ކުރެހުމެއް

ޓޫރިސްޓުންގެ ހަށިތައް ނަގަން ތައްޔާރުވާއިރު، ހޮހަޅައަށް ވަންނަން އޮންނަ ދިމާ ހުރީ 55 އާއި 60 މީޓަރާ ދެމެދުގެ ފުންމިނެއްގައެވެ. އަދި ހޮހަޅައިގެ އެތެރޭގެ މަގުތައް ހުރީ ވަރަށް ހަނިކޮށެވެ. މީެ އިތުރުން މިކަމުގައި ކުރިމަތިވާ އަނެއް ގޮންޖެހުމަކީ މޫސުން ގޯސްވުމުން ކިލަނބުވުމެވެ. ފެންނަ ފެނުން މުޅިން ބަންދުވެ ޑައިވިންގް ވަގުތުން ހުއްޓާލަން ޖެހިދާނެ ފަދަ ބޮޑު ނުރައްކަލެއް މި ސަރަހައްދުގައި އޮތް ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވެ އެވެ. 

އެހެންކަމުން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ މިކަމަށް ހާއްސަކޮށް ދުނިޔޭގައި ހުރި އެންމެ ޒަމާނީ ވަސީލަތް ގެނެސްފ އެވެ. 

ހަރަކާތްތެރިވާ ޓެކްނިކަލް ޓީމުގެ ވަސީލަތްތައް

  •  ނޭވާލާ ގޭސް ރިސައިކަލްކޮށްދޭ ކްލޯޒްޑް ސާކިޓް ރީބްރީދާސް
  •  ބާރުގަދަ އަންޑަރވޯޓާ ސްކޫޓަރުތައް
  •  ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ އިތުރު ބެކްއަޕް ނިޒާމުތައް.
  •  ދާއިމީ ހައިޕަބަރިކް ޑޮކްޓަރަކާއެކު ކަނޑުގެ ސަރަހައްދުތައް ތައްޔާރީ ހާލަތުގައި އޮތް އެމްބިއުލާންސް

ހަށިގަނޑުތައް ނެގުމުގެ ޑައިވްގައި ކޮންމެ ޑައިވްއަކަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ހަގީގީ ވަގުތު ބިނާވެގެންވަނީ ހޮހަޅައިގެ ތެރެއިން ކުރިމަތިވާ ހާލަތްތަކަށާއި، ކޮންމެ މަރުހަލާއެއްގައި ވެސް ސަލާމަތްކުރާ މީހުންގެ ރައްކާތެރިކަމުގެ މައްޗަށެވެ. މި އޮޕަރޭޝަން އެތައް ދުވަހަކަށް ދެމިގެންދާނެ ކަމަށް މިހާރު ވަނީ ބެލިފަ އެވެ. 

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިޓަލީގެ ޓޫރިސްޓުންތަކެއް ވ. އަތޮޅު ދެކުނު ކަނޑުގައި އޮންނަ ޑައިވްޕޮއިންޓަކަށް ފީނަށް ފައިބާ އުޅެނިކޮށް ހިނގި ހާދިސާގައި ފަސް މީހުން ގެއްލިފައިވެ އެވެ. މީގެތެއިން އެކަކު ވަނީ އެ ދުވަހު ސިފައިން ހޯދާފަ އެވެ. ނަމަވެސް ބާކީ ތިބި ހަތަރު ޑައިވަރުން އިއްޔެއާ ހަމައަށް ނުފެނެ އެވެ. އަދި މި ޑައިވަރުން ހޯދަން މަސައްކަތް ކުރި ސިފައިންގެ މިހަކު ވެސް ވަނީ މި ހާދިސާގައި ނިޔާވެފަ އެވެ. އަދި ބޭރުގެ ކޭވްޑައިވަރުންގެ އެކްސްޕާޓުން ވަނީ އިކްއިޕްމަންޓްތަކާއެކު މި އޮޕަރޭޝަންގައި ބައިވެރިވާން ރާއްޖެ ގެނެސްފަ އެވެ. އަދި ގެއްލުނު ޓޫރިސްޓުންގެ ހަށިތައް ލޮކޭޓް ކުރެވުނީ އިއްޔެގެ ވަގުތެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.