ލޯންޗުގައި ތިބީ ތަމްރީނު ފުރިހަމަ ކުރި އަންހެން ކުދިންގެ ގުރޫޕެކެވެ. އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގުމާއެކު ލޯންޗުގައި ތިބި ކުދިން ލައިފްޖެކެޓް އަޅައިގެން ކަނޑަށް ބާލާފައިވާ ކަމަށެވެ.

ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ފުރިހަމަކުރި ދެވަނަ ބެޗުގެ ކުދިންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ގޮސްފި އެވެ.
ޅ. މާފިލާފުށިން އެކުދިން ގޮވައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗު ފަޅައިގެން ގޮސްފައި ވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ގާތްގަނޑަކަށް އިރުއޮއްސި 6 ޖަހާކަށްހާއިރު އެވެ.
ލޯންޗުގައި ތިބީ ތަމްރީނު ފުރިހަމަ ކުރި އަންހެން ކުދިންގެ ގުރޫޕެކެވެ. އެމްއެންޑީއެފް އިން ބުނީ މިހާދިސާ ހިނގުމާއެކު ލޯންޗުގައި ތިބި ކުދިން ލައިފްޖެކެޓް އަޅައިގެން ކަނޑަށް ބާލާފައިވާ ކަމަށެވެ.
އަދި އެ ކުދިން ލޯންޗުތަކަށް ނެގުމަށްފަހު މާލެއަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ބައެއް މީހުން، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު މާލެ ގެންގޮސްފައިވާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.