މި ހާދިސާގައި ގެނބުނު މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު، ލިބުނީ މިއަދު މެންދުރު 12:57 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ގެނބުނު މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.