ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީ އިން ބުނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ހއ. ވަށަފަރު، ބޮޑުގެ ޔޫސުފް ވަހީދު މިއަދުން ފެށިގެން ވަކި ކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީ އިން ބުނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ހއ. ވަށަފަރު، ބޮޑުގެ ޔޫސުފް ވަހީދު މިއަދުން ފެށިގެން ވަކި ކޮށްފައިވާ ކަމަށެވެ.
އޭނާ މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ފަހު ސަރުކާރުން ވަނީ ކުންފުނިތަކުގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި މި ފަހުން ވެސް ސަރުކާރުން އަންނަނީ ސިޔާސީ މަގާމްތަކަށް ބަދަލު ގެންނަމުންނެވެ.